ފައިސާއިން މުދަލުޒަކާތް ނެރުން ވާޖިބުވާ ނިޞާބު ބޮޑުކޮށްފިއެވެ.
މިކަމާގުޅިގެން ކަޒާތު ހައުސްއިން ބުނީ، މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތުގެ ނިޞާބުގެ މިންވަރަކީ ދިވެހި ރުފިޔާއިން 9353.40 ރުފިޔާކަމަށެވެ.
މިއަހަރުގެ ޖެނުއަރީ މަހު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ޒަކާތް ވާޖިބުވާ ނިޞާބުގެ މިންވަރު 7140 ދިވެހި ރުފިޔާއަށް ދަށްކޮށްފައެވެ. އޭގެ ކުރިން، މިދިޔަ އަހަރު އޯގަސްޓް މަހު ކަނޑައަޅާފައިވާ މުދަލު ޒަކާތުގެ ނިޞާބުގެ މިންވަރަކީ 7151.90އެވެ.
މުދަލު ޒަކާތުގެ ނިސާބަށް ބަދަލު ގެންނަނީ ދުނިޔޭގެ ބާޒާރުގައި ރަންރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެންނެވެ. ރާއްޖޭގައި ނިސާބު ބަލަނީ ރިހިންނެވެ.
