"ދަނޑުވެރި މަންފާ" ގެ ނަމުގައި ދަނޑުވެރިންނަށް މާލީ އެހީ ދޭން ސްކީމެއް ތަޢާރަފްކޮށްފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 46ސ
"ދަނޑުވެރި މަންފާ" ގެ ނަމުގައި ދަނޑުވެރިންނަށް މާލީ އެހީ ދޭން ސްކީމެއް ތަޢާރަފްކޮށްފި

"ދަނޑުވެރި މަންފާ" ގެ ނަމުގައި ދަނޑުވެރިންނަށް މާލީ އެހީ ދޭން ސްކީމެއް ތަޢާރަފްކޮށްފިއެވެ.

ދަނޑުވެރި މަންފާ ސްކީމް އަމާޒުކޮށްފައިވަނީ މޯލްޑިވްސް އެގްރި ބިޒްނަސް ޕްރޮގްރާމްގެ ހަރަކާތްތައް ކުރިއަށްދާ ހއ، ހދ އަދި ށ އަތޮޅުގެ 26 ރަށުގެ ދަނޑުވެރިންނާއި، ދަނޑުވެރިކަމުގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި، މި ސިނާޢަތުގައި ހަރަކާތްތެރިވާ މަދަނީ ޖަމީއްޔާތަކުގެ އިތުރުން ކޯޕަރޭޓިވް ސޮސައިޓީތަކަށް ކަމަށް ދަނޑުވެރިކަމާއި ބެހޭ ވަޒީރު ޑރ. އައިޝަތު ރަމީލާ ވިދާޅުވިއެވެ.

މިއީ އެގްރިކަލްޗާ މިނިސްޓްރީއާއި އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑެވޮލޮޕްމަންޓް (އިފާޑް)އާ ގުޅިގެން ކުރިއަށްގެންދާ 15 މިލިއަން ރުފިޔާގެ މެޗިން ގްރާންޓް ސްކީމެކެވެ. 

މި ސްކީމަށް އަންނަ މަހުގެ 25 ވަނަ ދުވަހުން ފެށިގެން އެޕްލިކޭޝަން ހުށަހެޅޭނެ އެވެ.

މިއަދު އޮންލައިން