އިސްރާޢީލުން ފަލަސްތީނަށް ދެމުންދާ ޙަމަލާތަކަކީ އިންސާނިއްޔަތާ ދެކޮޅު ޢަމަލެއް: އިޙްސާން

މިއަދު
ކިޔުމަށް ހޭދަވާނީ 1މ
އިސްރާޢީލުން ފަލަސްތީނަށް ދެމުންދާ ޙަމަލާތަކަކީ އިންސާނިއްޔަތާ ދެކޮޅު ޢަމަލެއް: އިޙްސާން

އިސްރާޢީލުން ފަލަސްތީނަށް ދެމުންދާ ޙަމަލާތަކަކީ އިންސާނިއްޔަތާ ދެކޮޅު ޢަމަލެއް ކަމަށް ހޯމް މިނިސްޓަރ ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ޤަތަރުގައި މިހާރު ކުރިއަށްދާ ގްލޯބަލް ސެކިޔުރިޓީ ފޯރަމްގައި ވާހަކަދައްކަވަމުން މިނިސްޓަރ އިޙްސާން ވިދާޅުވީ އިސްރާޢީލުން ފަލަސްތީނަށް ދެމުންދާ ޙަމަލާތަކަކީ އިންސާނިއްޔަތާ ދެކޮޅު ޢަމަލެއް ކަމަށާއި އަދި ދުނިޔޭގައި ހަމަޖެހުމާއި އަމާންކަން ޤާއިމްކުރުމަށް ކުރާ މަސައްކަތަށް މީގެ ސަބަބުން ހުރަސްއެޅި، ދުނިޔޭގެ ސަލާމަތާއި ހަމަޖެހުމަށް ނުރައްކާވެފައިވާކަމަށެވެ.

ފަލަސްތީނަށް ދެމުންދާ ޙަމަލާތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް ހުރިހާ ދިވެހި ރައްޔިތުންގެ ފަރާތުން މިނިސްޓަރ އިޙްސާން ވަނީ ގޮވާލަށްވާފައެވެ. 

މިނިސްޓަރ ވިދާޅުވީ އިސްރާޢީލުން ފަލަސްޠީނަށް ދެމުންދާ ޙަމަލާތަކުގެ ސަބަބުން ދިވެހި ކޮންމެ ރައްޔިތެއްގެ ހިތަށް އަސަރުކުރާ ކަމަށާޢި އަދި ރާއްޖެއަކީ އިސްލާމީ ޤައުމަކަށްވުމާއި ހަމަޖެހުމާއި އަމާންކަމަށް ލޯބި ކުރާ ޤައުމެއްކަމަށްވުމުން ޣައްޒާއަށް ދެމުންދާ ޙަމަލާތައް ހުއްޓާނުލައި ހިނދެއްގައި ޣައްޒާގެ ރައްޔިތުންގެ ޙައްޤުގައި އަޑުއުފުލުމުގައި ދިވެހިން ދެމިތިބޭނެކަމަށް ވެސް މިނިސްޓަރ އިޙްސާން ވިދާޅުވިއެވެ. 

މިއަދު އޮންލައިން