ފަތުރުވެރިޔަކު ގެނބިގެން ސަލާމަތް ކުރަން މޫދަށް ފޭބި ދިވެއްސަކު ނިޔާވެއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 32ސ
ފަތުރުވެރިޔަކު ގެނބިގެން ސަލާމަތް ކުރަން މޫދަށް ފޭބި ދިވެއްސަކު ނިޔާވެއްޖެ!

ފަތުރުވެރިޔަކު ގެނބިގެން ސަލާމަތް ކުރަން މޫދަށް ފޭބި ދިވެއްސަކު ނިޔާވެއްޖެއެވެ.

އދ އަތޮޅުގައި އޮންނަ ސެންޓާރާ ރިސޯޓުގައި ހިނގާފައިވާ މިހާދިސާ އާއި ގުޅިގެން ދިވެހި ފުލުހުން ބުނެފައިވަނީ މަރުވީ އދ. ސެންޓާރާ ރިސޯޓުގައި މޫދަށް އެރި އުޅުނު ފަތުރުވެރިއެއް ގެނބިގެން އެމީހާ ސަލާމަތްކުރަން މޫދަށް ފޭބި 39 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ.

އޭނާއަށް ދަނގެތި ހެލްތު ސެންޓަރުގައި ފަރުވާ ދެމުންދާކަމަށް މިއަދު ހެނދުނު 11:05 ހާއިރު ރިޕޯޓުކޮށްފައިވާކަމަށާއި، ނަމަވެސް ހެލްތު ސެންޓަރަށް އެމީހާ ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ހެލްތު ސެންޓަރުން މައުލޫމާތުދީފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

މި ހާދިސާގައި ގެނބުނު ފަތުރުވެރިޔާގެ ހާލު ރަނގަޅުކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިއަދު އޮންލައިން