ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ "ކަނޑު ރޯދި އުފާ" ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މިކަމާގުޅިގެން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން ގެޒެޓު ކުރި އިއުލާނެއްގައި ބުނެފައިވަނީ މިއަހަރުގެ ދުނިޔޭގެ ކަނޑު ތަކުގެ ދުވަސް ފާހަގަ ކުރުމަށް ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި "ކަނޑު ރޯދި އުފާ" ފެސްޓިވަލް ބޭއްވުމަށް ވަނީ ހަމަޖެހިފައިވާ ކަމަށެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ މި ހަރަކާތަކީ އުފާވެރި މާހައުލަކުން ކުޑަކުދިން އަދި ޒުވާނުންނަށް މަޢުލޫމާތު ދިނުމާއެކު ކުޅިވަރުތަކާއި އެހެނިހެން ހަރަކާތްތަކުގައި ބައިވެރިވެވޭ ގޮތަށް ކުރިއަށްގެންދާ ކާނިވަލެއްފަދަ ހަރަކާތެކެވެ.
މި ފެސްޓިވަލް ކުރިޔަށް ގެންިދޔުމަށް ހަމަޖެހިފައިވަނީ 08 ޖޫން 2024 ވާ ހޮނިހިރު ދުވަހު ހުޅުމާލޭ ފޭސް 1 ގެ ބީޗުގައި އެވެ.