ޗައިނާއިން ރާއްޖެއަށް 1500 ޓަނުގެ ފެން ހަދިޔާކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 41ސ
ޗައިނާއިން ރާއްޖެއަށް 1500 ޓަނުގެ ފެން ހަދިޔާކޮށްފި

ޗައިނާގެ ޒިޒާންގް އޮޓޮނޮމިކް ރީޖަންގެ މީހުންގެ ފަރާތުން، ދިވެހިންނަށް ފޯރުކޮށްދޭ ގާތް ގުޅުމުގެ ނިޝާނެއްގެ ގޮތުގައި 1500 ޓަނުގެ މިނެރަލް ފެން ހަދިޔާކޮށްފިއެވެ.

މިކަމާގުޅިގެން ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި 1500 ޓަނުގެ މިނެރަލް ފެން ހަދިޔާ ހަވާލުކޮށްދެއްވީ ޗައިނާ ސަފީރު ވަންގް ލިޒިންއެވެ. ސަރުކާރުގެ ފަރާތުން ހަދިޔާއާ ހަވާލުވެވަޑައިގަތީ ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ. އެ ތަކެތި ހަވާލުކޮށްދެއްވީ ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަންގ ލިޒިން އެވެ.

މި ހަދިޔާ، ރާއްޖޭގެ ރަށްރަށަށް ބެހުމުގެ މަސައްކަތް ފޮރިން މިނިސްޓްރީން ކުރާނެއެވެ. މިއީ، ފެނަށް ޖެހޭ ނުވަތަ ފެން ލިބުން ދަތިވާ ދުވަސްވަރެއްގައި ބޭނުންކުރުމަށް ހަވާލުކޮށްފައިވާ ހަދިޔާއެކެވެ. 

 

މިއަދު އޮންލައިން