ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި އިތުރު 7 ގައުމަކުން ބަލައިގަންނަން ނިންމުމާގުޅިގެން ދިވެހި ރާއްޖެއިން މަރުޙަބާ ކިޔައިފިއެވެ.
ފަލަސްޠީނުގެ މިނިވަންކަން ބަލައިގަތުމަށް ނިންމައި, އެކަން އިޢުލާނު ކޮށްފައިވަނީ ނޯވޭއާއި, އަޔަލެންޑު، ސްޕެއިން، ބަހާމާސް، ޓްރިނިޑޭޑް އެންޑް ޓޮބޭގޯ، ޖަމައިކާ އަދި ބާބޭޑޯސްއެވެ.
މި ނިންމުމަށް މަރުޙަބާ ކިޔާ ޚާރިޖީ ވުޒާރާއިން އެކްސްގައި ކުރި ޕޯސްޓެއްގައިވަނީ ދުނިޔޭގެ ދެން ބާކީ ތިބި ޤައުމުތަކުންވެސް ފަލަސްޠީނަކީ މިނިވަން ދަޢުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ގޮވާލާފައެވެ.
193 ގައުމުގެ ތެރެއިން މިހާތަނަށް 143 ގައުމަކުންވަނީ ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގެންފައެވެ.