ދިވެހި ޙައްޖުވެރިންނަށް ދެވޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް މަޝްވަރާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
ދިވެހި ޙައްޖުވެރިންނަށް ދެވޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް މަޝްވަރާކޮށްފި

ދިވެހި ޙައްޖުވެރިންނަށް ދެވޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް  ޙައްޖުވެރިންނަށް މަޝާޢިރުގައި ޚިދުމަތްދޭ ކުންފުނީގެ ސީއީއޯއާ ދިވެހި ޙައްޖު މިޝަނުން މަޝްވަރާކޮށްފިއެވެ.

ރާއްޖޭގެ ޙައްޖުވެރިންނަށް ޚިދުމަތްދޭ ރަވާފް މިނާ ފޮރ ޙައްޖު ސަރވިސަސް ކުންފުނީގެ ސީ.އީ.އޯ ޒުހައިރު ޢަބްދުލް ޙަމީދު ސަދާޔޫއާއެކު ޙައްޖު މިޝަނުން ބޭއްވި ބައްދަލުވުމުގައި ދިވެހި ޙައްޖުވެރިންނަށް ޚިދުމަތްދިނުމަށް އެކުންފުނިން މިހާރު ވެފައިވާ ތައްޔާރީތަކާއި ބެހޭގޮތުން މަޢުލޫމާތު ދެއްވާފައިވާކަމަށް ޙައްޖު މިޝަނުން ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ދިވެހި ޙައްޖު މިޝަންގެ ރައީސް، އަދި އިސްލާމިލް މިނިސްޓަރުގެ ނައިބު އަލްއުސްތާޛު އުސާމް މުހައްމަދު ދެއްކެވި ވާހަކައިގައި، ދިވެހި ޙައްޖުވެރިންނަށް ޢާއްމުކޮށް ކުރިމަތިވާ ދަތިތަކާއި އެކަން ޙައްލުކުރުމަށް، ކުރެވިދާނެކަންކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އަދި ޙައްޖުވެރިންނަށް ދެވޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށާއި، ދިވެހި ޙައްޖުވެރިންނަށް ވީހާވެސް ރަނގަޅު ލުއިފަސޭހަ އިންތިޒާމް ތަކެއް ހަމަޖައްސާ ދިނުމަށް އެދިވަޑައިގެންނެވިއެވެ.

ރަވާފް މިނާ ފޮރ ޙައްޖު ސަރވިސަސްގެ ސިއީއޯ ދެއްކެވި ވާހަކައިގައި އެކުންފުނީގެ މަޤްޞަދަކީ ޙައްޖުވެރިންނަށް ވީހާވެސް ރަނގަޅު ޚިދުމަތްތަކެއް ދިނުންކަމަށާއި، އެކަން ކަށަވަރުކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. އެގޮތުން، އާންމުކޮށް މިނާގައި ދިވެހިންނަށް ދިމާވާ ކާބޯތަކެތީގެ މައްސަލަ ޙައްލުކުރުމަށްޓަކައި، ދިވެހިރަހަތައް ހިމަނައިގެން ކެއުންތައްޔާރުކުރުމުގެ ވިސްނުން ގެންގުޅުއްވާކަން ފާހަގަކުރެއްވިއެވެ.

 

މިއަދު އޮންލައިން