އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ދަނީ ލިބެމުން: ވަޒީރު ސައީދު

މިއަދު
ކިޔުމަށް ހޭދަވާނީ 55ސ
އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ދަނީ ލިބެމުން: ވަޒީރު ސައީދު

އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ލިބެމުން އަންނަކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއާއި ހިއްސާކުރައްވަމުން ސައީދު ވިދާޅުވީ، މަޖިލިސް އިންތިޚާބުގައި ދިވެހި ރައްޔިތުން ބޭނުންވާ ގޮތް ވޯޓުން ދައްކާފައިވާކަމަށާޢި މިސަރުކާރުގެ ވަޢުދާ އެއްގޮތަށް ބޯހިޔާވަހިކަމާއި، ގެދޮރުވެރިކަން ބޭނުންވާކަން ރައްޔިތުން ހާމަކޮށްފައިވާކަމަށް ވިދާޅުވިއެވެ. އަދި ވޯޓުން ފެނިގެންދަނީ ރާއްޖޭގެ އިޤްތިޞާދު ރަނގަޅުވާން ބޭނުވެ، ވަޒީފާތައް އުފެދި ބޮޑެތި މަޝްރޫޢުތައް ހިންގަން ރައްޔިތުން ބޭނުންވެފައިވާ މަންޒަރުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގައި ސިޔާސީގޮތުން ހަމަޖެހުން ޤާއިމްވެފައިވާކަން އިންވެސްޓަރުން ގަބޫލުކުރާކަމަށާއި، އެހެންކަމުން ރާއްޖޭގައި އިންވެސްޓްކުރުމުގެ ޝައުގުވެރިކަން ބޭރުގެ އިންވެސްޓަރުން ފާޅުކުރަމުން އަންނަކަމަށް މިނިސްޓަރ ސައީދު ވިދާޅުވިއެވެ.

ބޭންކުތަކުންނާއި އިންވެސްޓްމަންޓް ވިޔަފާރިތަކުން މިހާރު ރާއްޖެއަށް އިންވެސްޓްކުރަމުންދާކަމަށާޢި ކުރިއަށްއޮތް ތަނުގައި މީގެ ނަތީޖާ ދިވެހި ރައްޔިތުންނަށް ފެނިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިއަދު އޮންލައިން