ސްރީލަންކާއިން އޮން އެރައިވަލް ވިސާ ލިބުމުގައި ދިވެހިންނަށް އެއްވެސް ދައްޗެއް ނޯންނާނެ ކަމަށް ޚާރިޖީ ވުޒާރާއިން ބުނެފިއެވެ.
މިކަމާގުޅިގެން ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ ދުރާލާ ވިސާ ނެގުމެއްނެތި ސްރީލަންކާއަށް ދެވެން އޮތް އުޞޫލުގެ ދަށުން މިހާރުވެސް ދިވެހިންނަށް 30 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެ ކަމަށާޢި 30 ދުވަހަށް ވުރެ ގިނަ ދުވަހު ސްރީލަންކާގައި ތިބެން ބޭނުންވާ 6 މަސްދުވަހުގެ ވިސާއަށް އީ-ވިސާ https://www.srilankaevisa.lk/.މެދުވެރިކޮށް ހުށައެޅޭނެކަމަށެވެ.
ނަމަވެސް ކުރިއާ ޚިލާފަށް ވިސާގެ މުއްދަތު އިތުރުކުރާނަމަ އެޑްމިނިސްްޓްރޭޓިވް ފީއެއް ނަގާނެކަމަށާއި އެ ފީ އުނިކުރުުމަށް މަޝްވަރާކުރަމުން ގެންދާކަމަށްވެސް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.
ސްރީލަންކާގައި މިވަގުތު ދިރިއުޅެމުންދާ ދިވެހިންގެ ތެރެއިން ވިސާގެ މުއްދަތު އިތުރުކުރަން ޖެހޭ ފަރާތްތަކުން ކޮލަމްބޯގައި ހުންނަ ދިވެހި ހައިކޮމިޝަންގެ އެހީތެރިކަން ހޯދޭނެކަމަށް ޚާރިޖީ ވުޒާރާއިން ވަނި ބުނެފައެވެ.