ކުރިއަށް އޮތް ހަތަރު ދުވަހު މޫސުން ރަނގަޅުވާނެކަމަށް ލަފާކުރެވޭތީ، ރަށްތަކަށް ބޭނުންވާ ޒަރޫރީ ތަކެތި ގެންދިއުމަށް އިލްތިމާސްކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 40ސ
ކުރިއަށް އޮތް ހަތަރު ދުވަހު މޫސުން ރަނގަޅުވާނެކަމަށް ލަފާކުރެވޭތީ، ރަށްތަކަށް ބޭނުންވާ ޒަރޫރީ ތަކެތި ގެންދިއުމަށް އިލްތިމާސްކޮށްފި

ކުރިއަށް އޮތް ހަތަރު ދުވަހު މޫސުން ރަނގަޅުވާނެކަމަށް ލަފާކުރެވޭތީ، ރަށްތަކަށް ބޭނުންވާ ޒަރޫރީ ތަކެތި ގެންދިއުމަށް އިލްތިމާސްކޮށްފިއެވެ.

މިކަމާގުޅިގެން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން، އިލްތިމާސްކޮށްފައިވަނި ކުރިއަށް އޮތް ހަތަރު ދުވަހު ކަނޑު ދަތުރު ކުރެވޭވަރަށް ރާއްޖޭގެ މޫސުން ރަނގަޅުވާނެކަމަށް ލަފާކުރެވޭތީ، އެ މުއްދަތުގައި ރަށްތަކަށް ބޭނުންވާ ކާބޯތަކެއްޗާ ޒަރޫރީ ތަކެތި ގެންދިއުމަށް ސަމާލުކަން ދިނުމަށެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކަނޑު ދަތުރު ކުރުމަށް ބުރޫ އަރާފައި ވާތީ ބައެއް ރަށްރަށުން ކާޑުގެ ބާވާތްތަކާއި ޒަރޫރީ ތަކެއްޗަށް ގެންދިއުމަށް ދަތިވެފައިވާކަމުގެ މަޢުލޫމާތު ލިބެމުންދާކަމަށާޢި އެގޮތުން މިފަދަ ބައެއް ރިޕޯޓްތައް ށ. އަދި ރ. އަތޮޅުން ލިބިފައިވާކަމަށް އެންޑީއެމްއޭއިން ބުނެއެވެ.

މިއަދު އޮންލައިން