ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 31ސ
ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށައިފި

ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި ރާއްޖޭގެ އެކި ސްކޫލުތަކުގައި 96،000 އެއްހާ ދަރިވަރުން ކިޔަވާނެއެވެ. އެއީ 40،300 އަންހެން ދަރިވަރުންނާއި 42،700 ފިރިހެން ދަރިވަރުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތު ދެއްވާ ގޮތުގައި މިއަހަރު 12662 މުދައްރިސުން ސްކޫލްތަކުގައި މަސައްކަތްކުރައްވާނެއެވެ. މީގެ ތެރެއިން ދިވެހި މުދައްރިސުންގެ އަދަދަކީ 10729 އެވެ. އަދި ބިދޭސީ މުދައްރިސުންގެ އަދަދަކީ 1933 އެވެ.

މި ފަހަރު މާލޭ ސަރަހައްދުން އެކަނިވެސް ގްރޭޑް އެކަކަށް 2،250 ދަރިވަރުން އަލަށް ސްކޫލަށް ވަދެފައި ވެއެވެ.

މިއަދު އޮންލައިން