ދިރާސީ އާ އަހަރު ނައިބު ރައީސް ހިތްވަރުދެއްވީ އައު އަޒުމަކާއެކު އިތުރު ކުރިއެރުން ޙާސިލް ކުރުމަށް!

މިއަދު
ކިޔުމަށް ހޭދަވާނީ 48ސ
ދިރާސީ އާ އަހަރު ނައިބު ރައީސް ހިތްވަރުދެއްވީ އައު އަޒުމަކާއެކު އިތުރު ކުރިއެރުން ޙާސިލް ކުރުމަށް!

ދިރާސީ އާ އަހަރު އައު އަޒުމަކާއެކު އިތުރު ކުރިއެރުން ޙާސިލް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުޙައްމަދު ލަތީފް ދަރިވަރުންނަށް ހިތްވަރުދެއްވައިފިއެވެ.

ސޯސަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ދިރާސީ އައު އަހަރުގެ ހެޔޮއެދުން ފޮނުވަމުން ނައިބު ރައީސް ވިދާޅުވީ 

"މި ފެށޭ ދިރާސީ އައު އަހަރުގެ ތަޙުނިޔާ ލޮބުވެތި ދަރިވަރުންނަށާއި، މުދައްރިސުންނަށް އަރިސްކުރަން. އައު އަޒުމަކާއެކު އިތުރު ކުރިއެރުން ޙާސިލް ކުރުމަށް ދަރިވަރުންނަށް ހިތްވަރުދެން. ސްކޫލާއި، ދިރިއުޅޭ ވެއްޓަކީ ދަރިވަރުންގެ ތަޢުލީމާއި ތަރުބިއްޔަތާއި ގުޅިފައިވާ މުހިންމު ދެ މާހައުލު. އެހެންކަމުން ކޮންމެ ދަރިވަރަކީވެސް މުޖުތަމައަށް މުހިންމު ދަރިވަރެއްގެ ގޮތުގައި ބިނާ ކުރުމަށް މުދައްރިސުންނާއި ބެލެނިވެރިންގެ ޒިންމާ ފުރިހަމައަށް އަދާކުރުމަށް އިލްތިމާސް ކުރަން. މި ދިރާސީ އައު އަހަރަކީ ހުރިހާ ގޮތަކުންވެސް ފަހި އަހަރެއް ކަމުގައި ލައްވާށި. އާމީން. 

 

މިއަދު އޮންލައިން