އުނގޫފާރު، ކުޑަހުވަދޫ އަދި ވިލިނގިލީގައި ޤައުމީ ފެންވަރުގައި ބޮޑު ޢީދު ފާހަގަކުރަނީ!

މިއަދު
ކިޔުމަށް ހޭދަވާނީ 47ސ
އުނގޫފާރު، ކުޑަހުވަދޫ އަދި ވިލިނގިލީގައި ޤައުމީ ފެންވަރުގައި ބޮޑު ޢީދު ފާހަގަކުރަނީ!

އުނގޫފާރު، ކުޑަހުވަދޫ އަދި ވިލިނގިލީގައި ޤައުމީ ފެންވަރުގައި ބޮޑު ޢީދު ފާހަގަކުރުމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވީ ޕްރޮޕޯސަލް ހުށައެޅި ރަށްތައް ބެލުމަށްފަހު މިއަހަރުގެ އަޟްޙާ ޢީދު ފާހަގަކުރަން ކަނޑައަޅާފައިވަނީ ރާއްޖޭގެ އުތުރުން މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރާއި މެދުތެރޭ އަތޮޅުތަކުން ނިލަންދެ އަތޮޅު ދެކުނުބުރީ ކުޑަހުވަދޫއާއި ދެކުނުން ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީގައި ކަމަށެވެ. 

ރަށްތައް ކަނޑައެޅުމުގައި މިނިސްޓްރީން ބަލާފައިވާނީ އެ ރަށަކުން އީދުގައި ކުޅޭނެ ކުޅިވަރުތަކާއި ކައުންސިލުން އެކަމަށް ކުރާނެ ހަރަދުތަކާއި އަގަކާ ނުލައި އެ ރަށަކުން ކުރާނެ ކަންތައްތަކަށް ކަމަށް މިނިސްޓްރީން ބުންޏެވެ.

ރަށްތައް ހޮވުމުގައި ރާއްޖޭގެ އުތުރާއި މެދުން އަދި ދެކުނުގެ ކޮންމެ ހިސާބަކުން އެއް ރަށުގައި ފާހަގަކުރުމަށް ވެސް އިސްކަން ދީފައިވާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

މި އަހަރުގެ ބޮޑު އީދު ދުވަހަކީ ޖޫން 17 އެވެ.

މިއަދު އޮންލައިން