ސިއްޙީ މަޢުލޫމާތު ފޯރުކޮށްދޭ މިންވަރު އިތުރެވެއްޖެނަމަ، ބަލިތަކުން ރައްކާތެރިވުމުން ދައުލަތުން ކުރަންޖެހޭ ހޭދަ ކުޑަވެގެންދާނެ: ވަޒީރު ޑރ.ޚަލީލު

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 23ސ
ސިއްޙީ މަޢުލޫމާތު ފޯރުކޮށްދޭ މިންވަރު އިތުރެވެއްޖެނަމަ، ބަލިތަކުން ރައްކާތެރިވުމުން ދައުލަތުން ކުރަންޖެހޭ ހޭދަ ކުޑަވެގެންދާނެ: ވަޒީރު ޑރ.ޚަލީލު

ސްކްރީނިން ކުރުމާއި ސިއްޙީ މަޢުލޫމާތު ފޯރުކޮށްދޭ މިންވަރު އިތުރެވެއްޖެނަމަ، ބަލިތަކުން ރައްކާތެރިވުމުން ދައުލަތުން ކުރަންޖެހޭ ހޭދަ ދުރު މުސްތަޤްބަލުގައި ކުޑަވެގެންދާނެކަމަށް ސިއްޙަތާ ބެހޭ ވަޒީރު ޑރ.ޚަލީލު ވިދާޅުވެއްޖެއެވެ.

ޑރ.ޚަލީލު މިހެން ވިދާޅުވީ ޖެނީވާގައި މިހާރު ކުރިއަށްދާ ކޮމަންވެލްތް ހެލްތް މިނިސްޓަރުންގެ ބައްދަލުވުމުގެ ތެރެއިން ބޭއްވި ފޯރަމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޑރ.ޚަލީލު ވިދާޅުވީ ރައްޔިތުންގެ ޞިއްޙީ ޙާލަތު ދުރާލާ ދެނެގަތުމަށް ސްކްރީނިން ކުރުމާ އަދި ސިއްޙީ މަޢުލޫމާތު ފޯރުކޮށްދޭ މިންވަރު އިތުރެވެއްޖެނަމަ، ބަލިތަކުން ރައްކާތެރިވުމުން ދައުލަތުން ކުރަންޖެހޭ ހޭދަ ދުރު މުސްތަޤްބަލުގައި ކުޑަވެގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މިގެއިތުރުން ސިއްޙީ ޚިދުމަތް ދޭ މަރުކަޒުތަކަކީ ތިމާވެށީގެ ނުރައްކަލުން ރައްކާތެރި ތަންތަނަށް ހެދުމާއި ސިއްޙީ ޚިދުމަތްތެރިންގެ ފެންވަރު ރަނގަޅުކޮށް، ޚިދުމަތުގައި ދެމެހެއްޓޭނެ ގޮތްތަކާއި ސިއްޙީ އާންމު ޙާލަތު ރަނގަޅުކުރުމަށް މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިއެވެ.

 މި ބައްދަލުވުންތަކުގައި ތިމާވެއްޓާ ރައްޓެހި ހަކަތަ އުފެއްދުމުގެ މުހިންމުކަން ފާހަގަކުރައްވާ، ވަޒީރު ވަނީ މުއްސަނދު ޤައުމުތަކުން ކުދި ޤައުމުތަކަށް އެހީވުމަށް ގޮވާލާފައެވެ. އަދި ކްލައިމެޓް ފަންޑްތަކުން ޤައުމުތަކަށް އެހީދިނުމުގައި މިންކުރާ ގޮތާމެދު ސުވާލު އުފައްދަވާ، އެހީ ދިނުމުގައި ބަލަންވާނީ ޖީ.ޑީ.ޕީއަށް އެކަނި ނޫންކަމަށް ވިދާޅުވިއެވެ. ބަދަލުގައި ޤައުމުގެ ނާޒުކު ޙާލަތްތައް ދެނެގަތުމަށް އެކުލަވާލާފައިވާ "މަލްޓީ ޑިމެންޝަނަލް ވަލަނަރަބިލިޓީ އިންޑެކްސް " އަށް ރިޢާޔަތް ކުރުމަށް ގޮވާލެއްވިއެވެ.

މިއަދު އޮންލައިން