ޗައިނާގެ ވިޔަފާރި ޖަމިއްޔާ ޗެމްބާ އޮފް ކޮމާސްއިން ރާއްޖެއަށް 44 ޓަނުގެ ފިޔާ ހަދިޔާކޮށްފިއެވެ.
ރާއްޖޭގެ ޖަމިއްޔާއެއް ކަމަށްވާ ދަ ކޮމޮނާސްއިން ބުނީ، ފިޔާ ބެހުމުގައި އެސްޓީއޯއާއި މޯލްޑިވްސް ޗައިނާ ޓްރޭޑް އެންޑް ކަލްޗާ އޮގަނައިޒޭޝަނާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
ހަދިޔާކުރި ފިޔާ ބަހާފައިވަނީ ހިޔާ ފްލެޓް ހިމެނޭ ސަރަޙައްދުގައެވެ. ދަ ކޮމަނާސްގެ ފަރާތުން ބުނީ، ހިޔާ ސަރަޙައްދުގައި ފިޔާ ބެހުމަށް ނިންމީ މި ދުވަސްވަރަކި ވިއްސާރަ ދުވަސްވަރަކަށް ވުމާއެކު، ހިޔާ ޓަވަރުގައި ތަކެތި ބެހެއްޓުމަށް ރަނގަޅު ޖާގައެއް ލިބުމުންކަމަށެވެ. ފިޔާ ބެހުމުގެ މަސައްކަތް ކުރިއަށްދަނީ ހިޔާ ޓަވަރު 4ގައެވެ.
ދަ ކޮމަނާސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި ފިޔާ އެންމެ ގިނައިން ބަހައިފައި ވަނީ ހުޅުމާލޭގައެވެ. އެގޮތުން ހުޅުމާލޭގައި 40،000އާ ކުރާ ވަރަށް ފިޔާ ކޮތަޅުތައް ބަހައިފައިވެއެވެ.
މާލޭގައި 5،000 ވަރަކަށް ކޮތަޅު ބަހައިފައިވާއިރު، ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ ތަންތަނަށް ވަކިން ބަހައިފައިވެއެވެ.