ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 25ސ
ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފި

ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން، (އެސްޓީއޯ) އިން ޕެޓްރޯލާއި ޑީސަލް ވިއްކާ އަގު ހެޔޮކޮށްފިއެވެ.

މިކަމާގުޅިގެން އެސްޓީއޯއިން ބުނީ ތެޔޮ ވިއްކާ އަގު ހެޔޮކޮށްފައިވަނީ ދުނިޔޭގެ ބާޒާރުގައި ތެޔޮ ގަންނަން ލިބޭ އަގު ހެޔޮ ވުމާއި ގުޅިގެންކަމަށެވެ.

މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް 13.98 ރުފިޔާ އަށް ވިއްކާއިރު ޑީސަލް ލީޓަރެއް މިހާރު ވިއްކަނީ 13.92 ރުފިޔާއަށެވެ. އަގުހެޔޮވުމާއެކު ޑީސަލް ލީޓަރަކުން 70 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 35 ލާރި ވަނީ ކުޑަވެފައެވެ.

މިއަދު އޮންލައިން