މާލޭ ސަރަހައްދުގެ މިސްކިތްތައް ފޮޅާ ސާފުކުރުމުގެ މަސައްކަތް ދިވެހިންނާ ހަވާލު ކޮށްފިއެވެ.
މިކަމާގުޅިގެން މާލެ ސިޓީ ކައުންސިލުން ބުނެފައިވަނި އެ ކައުންސިލުން ބަލަހައްޓަމުން ގެންދާ މިސްކިތްތައް ފޮޅާ ސާފުކުރުމުގެ މަސައްކަތް ބިދޭސީންގެ އަތުން ނެގުމަށްފަހު އެމަސައްކަތް މިހާރު ދިވެހިންނާ ޙަވާލު ކޮށްފައިވާ ކަމަށެވެ.
ސިޓީ ކައުންސިލުން ބުނީ އެ ކައުންސިލުން ބަލަހައްޓަމުން ގެންދާ ހުޅުމާލޭގެ 10 މިސްކިތާއި މާލޭގެ 22 މިސްކިތް އަދި ވިލިމާލޭގެ ދެ މިސްކިތުގައި ފޮޅާ ސާފުކުރުމުގެ މަސައްކަތް ކުރާނީ ބިދޭސީންގެ ބަދަލުގައި މުޅިން ވެސް ދިވެހިން ކަމަށެވެ.
މިސްކިތްތައް ފޮޅާ ސާފުކުރުމަށް މުސާރައިގެ ގޮތުގައި މީހަކަށް މަހަކު 12،000 ރުފިޔާ ދިނުމަށް ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.