މެއި މަހުގެ 23 އިން ޖޫން މަހުގެ 21 އަށް ފަތުރުވެރިންނަށް މައްކާ ބަންދުކޮށް ފަތުރުވެރިންގެ އިތުރުން ވިސިޓް ވިސާގައި އެ ޤައުމަށް އެތެރެވާ ފަރާތްތަކަށް ޙައްޖުގެ އަޅުކަމުގައި ބައިވެރިވުން މަނާވާކޮށްފިއެވެ.
މިކަމާގުޅިގެން ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ބުނެފައިވަނީ ޙައްޖުގެ އަޅުކަން ކުރެވޭނީ ދުރާލައި ނަގަން ޖެހޭ ޙުއްދަތަކާއި ވިސާތައް ނަގައިގެން ކަމަށާއި ފަތުރުވެރިންނަށް މައްކާ ބަންދުކޮށްފައި ވާއިރު މި މުއްދަތުގައި ވަޤުތީ ވިސާއެއްގައި ނަމަވެސް މައްކާއަށް އެތެރެ ނުވެވޭނެ ކަމަށެވެ. އޭގެ ތެރޭގައި ސްޓޫޑެންޓް ވިސާއާއި ޝެންގެން ވިސާއާއި ވިސިޓް ވިސާ ވެސް ހިމެނޭކަމަށެވެ.
ސަޢުދީ ސަރުކާރުން ބުނެފައިވަނީ ޙައްޖުގެ ޤަވައިދުތަކާ ޚިލާފަށް ޙުއްދަނެތި މައްކާގައި އުޅޭނަމަ 2،666 އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރާނެ ކަމަށާއި އަދި ތަކުރާރުކޮށް ޤަވައިދުތަކާ ޚިލާފުވާނަމަ އެ ޤައުމުން ބޭރުކުރުކޮށް ދާޢިމީކޮށް އެ ޤައުމަށް އެތެރެނުވެވޭނެ ގޮތް ހަދާނެ ކަމަށް ވެސް އެ ޤައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ.