ރާއްޖެއައި ޔޮޓަކުން ލަނޑުދީފި-

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
ރާއްޖެއައި ޔޮޓަކުން ލަނޑުދީފި-

ރާއްޖެ އައި ޔޮޓަކުން ކަސްޓަމްސްގެ ޤަވާޢިދުތަކަށް އިޙްތިރާމްނުކުރިތަނުގައި ވެފައިވާ އެއްބަސްވުމަށް ވެސް ޢަމަލުނުކޮށް ލަނޑުދީފިއެވެ. 

ކަސްޓަމްސްގެ ބަސް: 

ރާއްޖޭގެ ރަށެއްގައި ކުއްތާއެއް ގެންގުޅެނިކޮށް ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ވީޑިއޯތަކާގުޅޭ

ރާއްޖޭގެ ރަށެއްގައި ކުއްތާއެއް ގެންގުޅެނިކޮށް ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ވީޑިއޯތަކާ ގުޅޭގޮތުން ދަންނަވަމެވެ.

ކުއްތާއަކީ، ޤާނޫނު ނަންބަރު 4/75 (ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގެ ދަށުން  މިނިސްޓްރީ އޮފް ޑިފެންސްގެ ޚާއްޞަ ހުއްދައެއް ލިޔުމަކުން ލިބިގެން  ރާއްޖެއަށް ގެނެވޭ އެއްޗެކެވެ. ދައުރުވަމުންދާ ވީޑިޔޯގައި ފެންނަ ކުއްތާއަކީ، މި ހިނގާ މެއި މަހުގެ 16 ވަނަ ދުވަހު ސެއިލިންގ ޔޮޓެއްގައި ރާއްޖެ ގެނެސްފައިވާ ކުއްތާއެކެވެ. ހަމައެކަނި އެ ޔޮޓުގައި ޕެޓް ޑޯގެއްގެ ގޮތުގައި އެ ކުއްތާ ގެންގުޅުމަށް މިނިސްޓްރީ އޮފް ޑިފެންސްއިން ޚާއްޞަ ހުއްދައެއް ދީފައިވެއެވެ. އަދި، އެ ޔޮޓު ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ދަތުރުކުރިނަމަވެސް، ޔޮޓުން ކުއްތާ ނުބޭލޭނެ ކަމަށް އެ ހުއްދައިގައި ބަޔާންކޮށްފައިވެއެވެ.

ނަމަވެސް، ހުއްދައާ ޚިލާފަށް، ކުއްތާ ޔޮޓުން ބާލައިގެން ރާއްޖޭގެ ރަށެއްގައި ގެންގުޅެފައިވާކަމަށް ބެލެވޭތީ، މި މުއައްސަސާއިން މައްސަލަ އިތުރަށް ތަހުޤީޤްކުރަމުންގެންދާ ވާހަކަ ދެންނެވީމެވެ.  

19 ޛުލްޤައިދާ 1445

27 މެއި    2024

 

މިއަދު އޮންލައިން