ހދ. އަތޮޅުގެ ބައެއް ރަށްތަކަށް ބިންހެލުމެއްގެ އަސަރުކޮށްފައިވާކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފި

މިއަދު
ކިޔުމަށް ހޭދަވާނީ 28ސ
ހދ. އަތޮޅުގެ ބައެއް ރަށްތަކަށް ބިންހެލުމެއްގެ އަސަރުކޮށްފައިވާކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފި

 ހދ. އަތޮޅުގެ ބައެއް ރަށްތަކަށް ބިންހެލުމެއްގެ އަސަރުކޮށްފައިވާކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

މިކަމާގުޅިގެން މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ ހދ. އަތޮޅުގެ ބައެއް ރަށްތަކުގެ ބިންގަނޑަށް ލޮޅުމެއް އައިކަމުގެ ރިޕޯޓުތައް ލިބިފައިވާ ކަމަށާޢި އެގޮތުން ބެލިބެލުމުން ހަނިމާދޫގައި ގާއިމުކޮށްފައިވާ ބިންހެލުން ރެކޯޑުކުރާ މީޓަރަށް މިރޭ 8:27 ހާއިރު ލޮޅުމެއްގެ އަސަރުކޮށްފައިވާ ކަމަށް ރެކޯޑުކުރެވިފައިވާ ކަމަށެވެ.

ލޮޅުމުގެ އަސަރެއް ކުރި ނަމަވެސް މީގެ ސަބަބުން ރާއްޖެއަށް ނުރައްކަލެއް ކުރިމަތިވާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ބުނެފައެވެ. 

މިއަދު އޮންލައިން