ފަރެސްމާތޮޑާ އެއާރޕޯޓްގައި ޓްއަރިޒަމްޒޯންއެއް ތަރައްގީ ކުރުމަށް ރީޖަނަލް އެއަރޕޯޓްސް ކޮމްޕަނީ ލިމިޓެޑުން ބަޔަކާއި ހަވާލުކޮށްފިއެވެ.
މިކަމާގުޅިގެން ފަރެސްމާތޮޑާ އެއާރޕޯޓްގައި ޓްއަރިޒަމްޒޯންއެއް ތަރައްގީ ކުރުމަށްޓަކައި ރީޖަނަލް އެއަރޕޯޓްސް ކޮމްޕަނީ ލިމިޓެޑް އާއި ސިލްވަރ ލޭންޑް ހޮޓެލްސް އާ ދެމެދު އިންވެސްޓްމަންޓް އެމް. އޯ. ޔޫ އެއްގައި ވަނީ ސޮއިކޮށްފައެވެ.
މިއެއްބަސްވުމުގައި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އަޙްމަދު މުބީނެވެ. ސިލްވާ ލޭންޑް ހޮޓެލްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކުޓް މެނޭޖްމަންޓް ހެޑް އިބްރާހީމް މުޙައްމަދެވެ.
ރީޖަނަލް އެއަރޕޯޓްސްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މުބީން ވިދާޅުވީ ސިލްވަރ ލޭންޑާއި އެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 100 ކޮޓަރީގެ ހޮޓަލެއް ތަރައްޤީކުރުމަށްކަމަށާޢި މި ހޮޓަލާއެކު 200 ވަރަކަށް ވަޒީފާ އުފެދޭނެކަމަށް ލަފާކުރެވޭކަމަށެވެ.