މެޖޯރިޓީގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނެ ކަމުގެ ޔަޤީންކަން މަޖިލީހުގެ ރައިސް ދީފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
މެޖޯރިޓީގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނެ ކަމުގެ ޔަޤީންކަން މަޖިލީހުގެ ރައިސް ދީފި

މެޖޯރިޓީގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނެ ކަމުގެ ޔަޤީންކަން ރައްޔިތުނެގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މަޖިލީހުގެ ރައީސް އަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވީ، "އަޅުގަނޑުމެން ޤަބޫލުކުރަނީ ރައްޔިތުންގެ މަޖިލީހުގެ މިހާ ތަނަވަސް އަޣުލަބިއްޔަތެއް ރައްޔިތުން އަޅުގަނޑުމެންނަށް ދިނީ އެގޮތަށް މަސައްކަތް ނުކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑުމެންނަށް އޮތީމައޭ. ރައީސް ވިދާޅުވަމުން ގެންދަވާގޮތަށް ހަމަހަމަކަމާއި އިންސާފުވެރިކަމާއި އެކުގައި އަބަދުވެސް ޕީއެންސީން މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން އޮތީމަ މިހާތަނަވަސް އަޣުލަބިއްޔަތެއް ރައްޔިތުން އެ ދެއްވީ. އަޅުގަނޑު ރައްޔިތުންނަށް ދޭން ބޭނުންވާ ޔަޤީންކަމަކީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މި އަޣުލަބިއްޔަތު ބޭނުން ކުރާނީ ޤައުމާއި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަށް" ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ މިފަހަރު މަޖިލީހުގެ އަމާޒަކީ ރައީސުލްޖުމްހޫރިއްޔާ ބޭނުންވާ ސްޕީޑުގައި ކަންކަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ބޭނުންވާ އެއްބާރުލުން އެމަނިކުފާނު ބޭނުންވާ ސްޕީޑުގައި ފޯރުކޮށްދިނުންކަމަށެވެ.

މިއަދު އޮންލައިން