ނޭޕާލްގެ 17 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ރައީސް ޑރ.މުޢިއްޒު ހެޔޮއެދުންތައް ފޮނުއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 39ސ
ނޭޕާލްގެ 17 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ރައީސް ޑރ.މުޢިއްޒު ހެޔޮއެދުންތައް ފޮނުއްވައިފި

ނޭޕާލްގެ 17 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.

ނޭޕާލްގެ 17 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ނޭޕާލްގެ ރައީސް ރަމްޗަންޑްރަ ޕައުޑެލް އަދި ބޮޑުވަޒީރު ޕުސްޕާ ކަމަލް ދަހަލްއަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވީ އެ ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސެޖުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އަދި ‌‌‏ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ނޭޕާލްގެ ސަރުކާރަށާއި ރައްޔިތުންނަށް ޖުމްހޫރީ ދުވަހުގެ ހެޔޮ އެދުންތައް ފޮނުއްވާފައިވެއެވެ.

 

މިއަދު އޮންލައިން