ހައްޖަށް ދާ މީހުންނާއި އެމީހުންގެ އާޢިލާތަކަށް ބަހުގައި އެއަޕޯޓަށް ދެވޭނެ އިންތިޒާމް ހަމަޖައްސައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 46ސ
ހައްޖަށް ދާ މީހުންނާއި އެމީހުންގެ އާޢިލާތަކަށް ބަހުގައި އެއަޕޯޓަށް ދެވޭނެ އިންތިޒާމް ހަމަޖައްސައިފި

ހައްޖަށް ދާ މީހުންނާއި އެމީހުންގެ އާޢިލާތަކަށް ބަހުގައި އެއަޕޯޓަށް ދެވޭނެ އިންތިޒާމް ހަމަޖައްސައިފިއެވެެ.

ދިވެހި ޙައްޖުވެރިންނަށް ފަސޭހައިން ދަތުރުކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތްތައް ކުރަމުން އަންނައިރު އެމީހުންގެ ލަގެޖްތައް ކުރިން ޗެކިންއަން ގެންދާނެއެވެ. އަދި ޙައްޖުވެރިންނާއި އެމީހުންގެ އާޢިލާތައް އެއަރޕޯޓަށް ދިއުމަށް ބަހުގައި ދަތުރުކުރެވޭނެ އިންތިޒާމްތައް ވަނީ ހަމަޖައްސާފައެވެ.

މާލެއިން ބަސް ދަތުރުތައް 3 ރޫޓްއަކުން ބޭއްވުމަށް ހަމަޖެހިފައިވައީޜޫ ހުޅުމާލެއިންވެސް ފޭސް 1 އާއި ފޭސް 2 ގެ ބަސްސްޓޮޕްތަކުން ދަތުރުކުރެވޭނެއެވެ.

ޙުކުރު ދުވަހު ފުރަތަމަ ގުރޫޕް ފުރާއިރު ޙައްޖަށް ދާ މީހުން ގޮވައިގެން ދަތުރުކުރާ ބަސްތަކުގެ ދަތުރުތައް އެދުވަހު 10:30ގައި ފަށާނެއެވެ. 

އެއަރޕޯޓަށް ދާ ޙައްޖުވެރިންނަށް އެމް.ޓީ.ސީ.ސީގެ ޑަބަލްޑެކް ބަސްތަކާއި، މިނީ ބަސްތަކާއި ކުދި ވެހިކަލްތައް ވަނީ ހަމަޖައްސާފައެވެ.

 

މިއަދު އޮންލައިން