ޕަބްލިކް ވަރކްސްގެ ޚިދުމަތް ރާއްޖޭގެ 15 އަތޮޅެއްގައި ތަޢާރަފު ކުރުނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 52ސ
ޕަބްލިކް ވަރކްސްގެ ޚިދުމަތް ރާއްޖޭގެ 15 އަތޮޅެއްގައި ތަޢާރަފު ކުރުނީ

ޕަބްލިކް ވަރކްސްގެ ޚިދުމަތް ރާއްޖޭގެ 15 އަތޮޅެއްގައި  ތަޢާރަފު ކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

އިދާރީ ދާއިރާތަކުގެ އާންމު މަސައްކަތްތައް ހަރުދަނާކުރުމުގެ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންް ވަޒީރު ވިދާޅުވީ ޕަބްލިކް ވަރކްސްގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް އިސްކަންދެއްވާ ކަމެއް ކަމަށެވެ. އެމަނިކުފާނުގެ އިރުޝާދުފުޅާއެކު އެ ވުޒާރާއިން މަސައްކަތް ކުރިއަށްގެންދާނެ ކަމަށާއި މިހާރު ހުރި ސައިޓުތަކުގައި މައްސަލަތައް ހައްލުކުރައްވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މި ސަރުކާރުގެ ހަ މަސްދުވަހުގެ ތެރޭގައި ސިޓީތަކާ ބެހޭ ވުޒާރާއިން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމާއި ކައުންސިލްތައް ބާރުވެރިކުރުވުމާއި ޕަބްލިކް ވަރކްސްގެ ދާއިރާއިން ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށެވެ.

މިއަދު އޮންލައިން