އީސްޓަން އެއަރލައިންގެ ސީދާ ދަތުރުތައް ދެކުނުގެ އަތޮޅުތަކަށް ބޭއްވުމަށް މަޝްވަރާކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 51ސ
އީސްޓަން އެއަރލައިންގެ ސީދާ ދަތުރުތައް ދެކުނުގެ އަތޮޅުތަކަށް ބޭއްވުމަށް މަޝްވަރާކޮށްފި

އީސްޓަން އެއަރލައިންގެ ސީދާ ދަތުރުތައް ދެކުނުގެ އަތޮޅުތަކަށް ބޭއްވުމަށް މަޝްވަރާކޮށްފިއެވެ. 

މިހާރު ޗައިނާގެ ޝެންހާއީގައި ކުރިއަށްދާ އައިޓީބީ ޗައިނާ ފެއަރގެ ތެރެއިން ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހީމް ފައިސަލް، ޗައިނާ އީސްޓަން އެއަރލައިންގެ އެގްޒެކެޓިވް ވައިސް ޕްރެސިޓެންޓު، އީވީޕީ، ވަން ޗިންގޗާއޯ އާއި އެކު ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ. 

ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހީމް ފައިސަލް ވިދާޅުވީ، ޗައިނާ އީސްޓަން އެއަރލައިންގެ އީވީޕީ އާއިއެކު ބޭއްވި ބައްދަލުވުމުގައި ގުޅިގެން ރާއްޖެ ޕްރޮމޯޓުކުރުމަށް ކުރެވޭނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާކަމަށާއި އަދި އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް އިތުރުކުރުމަށް ހުރި ފުރުސަތުތަކާއި، ރާއްޖޭގެ ދެކުނުގެ އަތޮޅުތަކާއި ޗައިނާ އާއި ގުޅާލުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާކަމަށެވެ.

މި މަޝްވަރާތައް ކުރިއަށްގެންގޮސްފައިވާޢިރު މިދިޔަ ފެބްރުއަރީ މަހުގެތެރޭވަނީ ޗައިނާ އީސްޓަން އެއަރލައިންގެ ދަތުރުތައް އަލުން ރާއްޖެއަށް ވަނީ ފަށާފައެވެ.

 

މިއަދު އޮންލައިން