ގޯތި ބަދަލުކުރަން އެދުނު ފަރާތްތަކުގެ ގުރުއަތުލުން ޖޫން މަހުގެ 4 ވަނަ ދުވަހު!

މިއަދު
ކިޔުމަށް ހޭދަވާނީ 28ސ
ގޯތި ބަދަލުކުރަން އެދުނު ފަރާތްތަކުގެ ގުރުއަތުލުން ޖޫން މަހުގެ 4 ވަނަ ދުވަހު!

ގުޅިފަޅަށް ގޯތި ބަދަލުކުރަން އެދުނު ފަރާތްތަކުގެ ގުރުއަތުލުން ޖޫން މަހުގެ 4 ވަނަ ދުވަހު އޮންނާނެކަމަށް ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ގިރާވަރުފަޅުން ގޯތި ލިބުނު މީހުން، ގުޅިފަޅަށް ގޯތި ބަދަލުކުރުމުގެ ފުރުޞަތު ދެފަހަރެއްގެ މަތިން ހުޅުވާލިއިރު 1096 ގޯއްޗަށް އެދި 2210 މީހުން ފޯމު ހުށައަޅާފައިވެއެވެ.

ގިރާވަރު ފަޅުން 5432 ގޯތި ދޫކުރުމަށް ކުރީ ސަރުކާރުން ނިންމާ އޭގެ ލިޔުން ހަވާލުކޮށްފައިވެއެވެ. ނަމަވެސް އެއަދަދަށް އެތަނުން ގޯތި ނެގެން ނެތުމުން، މި ސަރުކާރުންވަނީ ހާހަކަށްވުރެ ގިނަ ގޯތި ގުޅިފަޅަށް ބަދަލުކުރުމުގެ ފުރުޞަތު ދީފައެވެ.

 

މިއަދު އޮންލައިން