ޢިބްރަތްތެރި ވާހަކަ: ކައިބޮއިހެދޭނެ ފަދަވެސް ނެތްޙާލުގަ ތިއްބާ އެއްމާބަނޑު ދެބެން ލިބެން އުޅުމުން ﷲ އަށް އިތުބާރުކޮށް ދުޢާކުރި ޒުވާން ދެމަފިރިއަކަށް ލިބުނު ބޮޑު ރަޙްމަތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 36ސ
ޢިބްރަތްތެރި ވާހަކަ: ކައިބޮއިހެދޭނެ ފަދަވެސް ނެތްޙާލުގަ ތިއްބާ އެއްމާބަނޑު ދެބެން ލިބެން އުޅުމުން ﷲ އަށް އިތުބާރުކޮށް ދުޢާކުރި ޒުވާން ދެމަފިރިއަކަށް ލިބުނު ބޮޑު ރަޙްމަތުގެ ވާހަކަ-

ކަންބޮޑުވާންވީ ދަރިން ލިބުމަކުން ނުވަތަ ގިނަވުމަކުން ނޫނެވެ. އެކުދިން ދުނިޔެއަށް އުފަންވާނީ ރިޒުޤާއިއެކުގައެވެ. މައިންބަފައިންނަށް އޮތީ އެކުދިން ބެލެހެއްޓުމުގެ ތައުފީޤް ދެއްވެވުން އެދިގެންނާއި ރިޒުޤް ތަނަވަސްކޮށްދެއްވެވުން އެދިގެން ދުޢާކުރުން ގިނަކުރުމެވެ. އެކަން ކުރެވޭނަމަ ހެޔޮ ގޮތްތައް ފެނިގެންދާނެކަން ތިރީގައިވާ ވާހަކައިންވެސް އެނގިގެންދާނެއެވެ. އިން ޝާ ﷲ  

އަޅުގަނޑުގެ އުމުރުން 18 އަހަރުވިތަނާ ކައިވެނިކޮށްފީމެވެ. އަޅުގަނޑަކީވެސް ވަރަށް ފަޤީރު ދެމަފރިއެއްގެ ދަރިއަކީމެވެ. ކައިވެނިކުރީވެސް ވަރަށް ފަޤީރު ޢާއިލާއެއްގެ ކުއްޖަކާއެވެ. ކައިވެންޏަށް ދެވަނަ އަހަރު ބަލިވެ އިނދެއްޖެއެވެ. އެއްކުއްޖަކަށް ނޫނެވެ. 2 ދަރިންނަށެވެ.  

ތެދަށްބުނާނަމަ އަހަރެމެން ދެމަފިރިންނަށް ބޭނުންވާވަރަށްވެސް ކާނެ އެއްޗެއް އޮންނަނީ ނުލިބިފައެވެ. ދިރިއުޅެމުން އައީ އެހައި ދަތިޙާލުގައެވެ. ވީމާ ދެދަރިން ލިބިގެން ބަލާނެ ގޮތަކާއިމެދު ވަރަށް ބޮޑަށް ވިސްނަން ޖެހުނެވެ.  

ކޮންމެއަކަސް ކޮންމެވެސް މަގެއް ﷲ ދައްކަވާނެ ކަމުގެ ޔަޤީންކަން އަބަދުވެސް އޮވެއެވެ. އަދި ހެޔޮ ރަޙްމަތްލެއްވެވުން އެދި ދެމަފިރިންވެސް ދުޢާކުރަމުއެވެ. ކޮންމެ ރެއަކުވެސް ދަމުނަމާދު ކުރަމުއެވެ. ދަމުނަމާދަށްފަހު ޛިކުރުކޮށް ދުޢާކުރަމުއެވެ.  

ވިހަން ވަރަށް ގާތްވެފައިވަނިކޮށް އެއް ދުވަހަކު އަޅުގަނޑުމެން ދިރިއުޅޭ ޖިފުޓީގެ ކުރިމައްޗަށް އަގުބޮޑު ކާރެއް މަޑުކުރިއެވެ. މެދު އުމުރުގެ ދެމަފިރިއަކު ފޭބިއެވެ. ފައިބައިގެން އައީ އަޅުގަނޑުމެން ދިރިއުޅޭ ޖިފުޓިއަށެވެ. ދޮރުމައްޗަށް ހުއްޓުމުން އަޅުގަނޑު ނުކުތީމެވެ. އަޅުގަނޑަށް ބަލަހައްޓައިގެން އިރުކޮޅަކު ތިބެފައި ބުންޏެވެ.  

"އަހަރެމެން މިއައީ ކަލޭމެން ދެމަފިރިންނާއި ވާހަކަ ދައްކާލަން ބޭނުންވެގެންނެވެ. އަހަރެމެން ދެމަފިރިންނަކީ ދަރިއަކު ނުލިބި ތިބި ދެމަފިރިންނެވެ. ކަލޭގެ މައުލޫމާތު ލިބުނީ ހޮސްޕިޓަލުންނެވެ. އަހަރެމެން ބޭނުމީ ދެމަފިރިން ރުހޭނަމަ ދެމަފިރިން އަހަރެމެންގެ ގެއަށް ގެންދާށެވެ. ފިރިމީހާއަށް ވަޒީފާއެއް ދޭނަމެވެ. ކަލެއަށްވެސް ވަޒީފާއެއް ދޭނަމެވެ. ކަލޭގެ ވަޒީފާއަކީ ދެދަރިން ލިބުމުން އަހަރެމެން ދެމަފިރިންނަށްވެސް މަންމަ، ބައްޕަ ކިޔުއްވައިގެން ދެދަރިން ބަލަން އިނުމެވެ. ދެކުދިންގެ ހުރިހާ ޚަރަދެއް އަހަރެމެން ކޮށްދޭނަމެވެ. އަދި އެއީ އަމިއްލަ ދަރިން ކަމުގައި ބަލައިގެން ގެންގުޅެބޮޑުކުރާނަމެވެ."  

ދެމަފިރިން ވަގުތުން އެއްބަސްވުމުން އެދެމަފިރިން ދިއައީ އަހަރެމެން ގޮވައިގެންނެވެ. ވަގުތުން އެމީހުންގެ ގެ ސާފުކޮށް ބެލެހެއްޓުމުގެ ވަޒީފާ ފިރިމީހާއަށް ދިނެވެ. އަޅުގަނޑު ހަމަބެއިންދީއެވެ. ވިހެއުމުގެ ހުރިހާ ކަމެއްވެސް ބެލެހެއްޓީ އެދެމަފިރިންނެވެ. ވިހެއުމަށްފަހު ކުރަންޖެހުނު ޚަރަދުތައްކޮށް ބޮޑެތިވުމުން ދަރިންނަށް ކިޔަވައިދީ ހުރިހާ ޚަރަދެއްކުރީ ހަމައެދެމަފިރިންނެވެ.  

މިހާރު އެއްދަރިފުޅަކީ ޕައިލެޓެކެވެ. އަނެއް ދަރިފުޅަކީ ސިވިލް އިންޖިނޭރެކެވެ. ދެބެން އަދިވެސް ދިރިއުޅެނީ އެދެމަފިރިންނާއިއެކުގައެވެ. އަހަރެމެން ދެމަފިރިންނަށް ވަނީ ކުޑަ ގެއެއް ގަނެދީފައެވެ. އަދިވެސް ހުރިހާ ޚަރަދެއް ބަލަހައްޓައިދެނީ އެދެމަފިރިންނެވެ. މިއީ އަހަރެމެން ދެމަފިރިން ބޭނުންވި ގޮތެވެ. އެގޭގައި އެދެމަފިރިންގެ ގާތުގައި ދަރިން ތިބިނަމަވެސް އަހުރެމެން މިތިބީ ހިތްހަމަޖެހިގެންނެވެ، އެކަމަކު ދެދަރިން އަހަރެމެންނާއިއެކުގައި ގެނައިނަމަ އެދެމަފިރިން ވަރަށް ދެރަވާނެއެވެ.  

މިފަދަ ވާހަކަތައް ގެނެސްދިނުމުގެ ބޭނުމަކީ އަހަރެމެންގެ ތެރެއިން ބައެއް މީހުންނަށް ދުޢާގެ ބާރު ޤަބޫލުކުރަން އުނދަގޫވެގެން އުޅޭތީއެވެ. އަހަރެމެން ދެމަފިރިންނަށް ލިބުނު ނިޢްމަތް މިލިބުނީ ދުޢާއިން ނޫން އެހެން ކަމަކުން ހެއްޔެވެ؟ އަހަރެން ބުނާނީ ދުޢާ އާއި އަދި އަހަރެމެން ﷲ އަށް ކުރި އިތުބާރުން ކަމަށެވެ.  

- ޢިބްރަތްތެރި ވާހަކަ

މިއަދު އޮންލައިން