ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޕަބްލިކް ވަރކްގެ މަސައްކަތް ކުރަންޖެހުމުން ޚަރަދުބޮޑުވޭ: މާލީ ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 47ސ
ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޕަބްލިކް ވަރކްގެ މަސައްކަތް ކުރަންޖެހުމުން ޚަރަދުބޮޑުވޭ: މާލީ ވަޒީރު

ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޕަބްލިކް ވަރކްގެ މަސައްކަތް ކުރަންޖެހުމުން ޚަރަދުބޮޑުވާކަމަށް މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީގު ވިދާޅުވެއްޖެއެވެ.

އިދާރީ ދާއިރާތަކުގެ އާންމު މަސައްކަތްތައް ހަރުދަނާކުރުމުގެ މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ވަޒީރު ޑރ. މުޙައްމަދު ޝަފީގު ވިދާޅުވީ ވޭތުވެދިޔަތަނުގައި ޕަބްލިކް ވަރކްގެ ގިނަ މަސައްކަތްތަކެއް ސަރުކާރުގެ އެކި ކުންފުނިތަކަށް ކުރަންޖެހުމުގެ ސަބަބުން ކުރަންޖެހޭ ޚަރަދު އެތައް ގުނައަކަށް އިތުރުވިކަމަށާއި އެއީ ބަޖެޓަށް ނުކަތާ ވަރަށް މަޝްރޫއުތައް ހަވާލުކޮށްފައި ހުރުމުންނާއި، ފައިދާ ހޯދުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން މަސައްކަތް ކުރާތީ ކަމަށެވެ.

މިއީ ދައުލަތަށް ބުރައެއް ކަމަށާއި ސަރުކާރުގެ މަސައްކަތްތައް ކުރުމުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ބަލަން ޖެހޭނީ ވީހާވެސް ޚަރަދުކުޑަކޮށް ވީހާވެސް އަވަހަށް މަސައްކަތް ކުރުމަށްކަމަށް މާލީ ވަޒީރު ވިދާޅުވިއެވެ.

 

މިއަދު އޮންލައިން