ޢިބްރަތްތެރި ޥާހަކަ: އަނިޔާގަ ދައްތަ ނިމިދިއުމުން ވިހޭ ދަރިފުޅަށްވެސް އަނިޔާވެރިވި ފިރިމީހާގެ ކިބައިން ބަދަލުހިފަން ކޮއްކޮއަކު ބޭނުންކުރި އުކުޅުތަކާ ކާމިޔާބުކުރި ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 51ސ
ޢިބްރަތްތެރި ޥާހަކަ: އަނިޔާގަ ދައްތަ ނިމިދިއުމުން ވިހޭ ދަރިފުޅަށްވެސް އަނިޔާވެރިވި ފިރިމީހާގެ ކިބައިން ބަދަލުހިފަން ކޮއްކޮއަކު ބޭނުންކުރި އުކުޅުތަކާ ކާމިޔާބުކުރި ގޮތުގެ ވާހަކަ-

އަނިޔޡާވެރިންނަށް އަނިޔާކުރަން ތިބެވޭ އެންމެ ބޮޑު ސަބަބަކީ އެމީހުންނާއި ކުރިމަތިލާން ކުރޭ ބައަކު ނެތުމެވެ. އެކަމަށް ހުންނަ މަގުތައްވެސް ހަނިކަމެވެ. ކުރިމަތިލާން ކެރި ހިތްވަރުކޮށް އަދި ބުއްދީގެ ބޭނުންކުރެވޭނަމަ އަނިޔާވެރިވަމުން ނުދުވެވޭނެކަމާއި އަނިޔާވެރިންގެ މައްޗަށްވެސް ނަޞްރު ހޯދޭނެކަން ތިރީގައިވާ ވާހަކައިން ވަރަށް އެނގިލއްވާނެއެވެ. އިން ޝާ ﷲ  

ޒިދޫގެ އުމުރަކީ އެންމެ 22 އަހަރެވެ. ޒިދޫގެ މައިންބަފައިންގެ ވެސް ގެދޮރު ހުރެއެވެ. ނަމަވެސް ޒިދޫ ދިރިއުޅެނީ އެއްކޮޓަރީގެ އެޕާޓްމަންޓެއް ކުއްޔަށް ހިފައިގެން އެކަންޏެވެ. އެކުގައި ގެންގުޅެނީ ކުޑަ ފިރިހެން ކުއްޖެކެވެ. މީހުން ގާތު ބުނަނީ އެއީ އޭނާގެންގުޅެ ބޮޑުކުރާ ޔަތީމްކުއްޖެއް ކަމަށެވެ. 

ޒިދޫ ބައްދަލުކުރަން ބޭނުންވަނީ އޭނާގެ ދައްތަ މަރުވިއިރު ކައިވެނިކޮށްގެންހުރި ފިރިމީހާ އާއިއެވެ. ޒިދޫ އޭނާގެ މަސައްކަތް ކާމިޔާބުކުރިއެވެ. ދައްތަގެ ފިރިމީހާ ހޯދައި އަތުއަޅުވާލައިގެން ކައިވެނިވެސް ކުރިއެވެ. ޒިދޫގެ ވިސްނުން ތޫނުކަމުން ޒިދޫއަކީ އޭނާގެ ކުރީގެ އަނބިމީހާގެ ހުރި އެއްބަނޑު އެއްބަފާ ކޮއްކޮކަން އޭނާއަށް އެނގުނަވެސް ނުދެއެވެ. މައިންބަފައިންނަކީ ކޮންބައެއްކަންވެސް އެނގުނަކަ ނުދެއެވެ. ކައިވެންޏަށް ވަލީ ހޯދުމުގެ ކަންކަން ވެސް ކުރިއަށްގެންދިއައީ އޭނާއަށް ޒިދޫގެ ބައްޕަ އާއި ބައްދަލުނުވާނެގޮތަށެވެ. 

ކޮންމެއަކަސް ޒިދޫގެ މޮޅު ވިސްނުމާއި ޒިދޫގެ ވަރަށް ގާތް، ނުފޫޒުގަދަ އެކުވެރިއެއްގެ އެހީތެރިކަމާއިއެކު ކައިވެނިކުރެވި ފިރިމީހާގެ ގެއަށް ބަދަލުވެއްޖެއެވެ. ފިރިމީހާއަކީ ތަނަވަސް މީހެކެވެ. ބޮޑު ގެއެއްވެސް ހުރި މީހެކެވެ. ފިރިމީހާ ޒިދޫދެކެ އިންތިހާއަށް ލޯބިވެއެވެ. ޒިދޫގެ ޖާދޫގައި ފިރިމީހާ ޖައްސުވައި ރަނގަޅަށް ތާށިކޮށްލުމަށްފަހު ޒިދޫ ފިރިމީހާގެ ކިބައިން އެދުނީ އެންމެ ކަމަކުއެވެ. އެއީ ދިރިއުޅޭގެ އޭނާއަށް ރަޖިސްޓްރީކޮށްދިނުމަށެވެ. "އަހަރެން މިއުޅެނީ މުދަލާ ފައިސާ ބޭނުންވެގެނެއް ނޫން. އެއްވެސް ފއިސާއެއް ބޭނުމެއް ނޫން. އެކަމަކު އެންމެ ކުޑައިރުންސުރެ އަމިއްލަ ގެއެއްގަ ދިރިއުޅެން ބޭނުންވާތީ މިގެއަށް މިއެދުނީ. މައިންބަފައިންގެ ގެ ހުއްޓާ ވަކިނ އެޕާޓްމެންޓެއްގައި މިއުޅުނީވެސް އެހެންވެގެން." 

ޒިދޫގެ ވާހަކަތައް އަޑުއަހާފައި ފިރިމީހާ އެގެ ޒިދޫއަށް ރަޖިސްޓްރީކޮށްދިނެވެ. ކޯޓުން މައްސަލަ ނިމި ގެއާއި ގޯތީގެ ރަޖިސްޓްރީ ލިބުނު ދުވަހުގެ ރޭ ޒިދޫ އޭނާގެ ފިރިމީހާ އާއި ސުވާލުތަކެއް ކުރަން ފެށިއެވެ. 

"ތިބާ ފުރަތަމަ ކައިވެނިކުރި އަނބިމިހާ ކޮބައިތޯ" އެވެ. ޖަވާބުގައި ވިހެއުމުގެ ތެރޭގައި ނިޔާވީ ކަމަށް ބުނުމުން ދެން ސުވާލުކުރީ ލިބުނު ދަރިފުޅު ކޮބައިތޯއެވެ. ޖަވާބުގައި ބުނީ ދަރިފުޅުވެސް ނިޔާވީ ކަމަށެވެ. 

"އާނ! ރަނގަޅަށް އަޑު އަހާތި! ކަލެއަކީ ދަރިން ބޭނުންވާ މީހެއް ނޫން. ފުރަތަމަ އަނބިމީހާ ބަލިވެއިނުމުން އޭނާ އަށް އަޅައިވެސް ނުލާ އެހީތެރިވެސް ނުވުމުން އެހާލު އޭނާއަށް ޖެހުނީ. އަނބިމީހާގެ ޢާއިލާއަށް ފޮރުވައިގެން އަނބިމީހާ ގެންގުޅުނީވެސް. ދެން ތިއަހެދީ އެންމެ ބޮޑު އެއް ދޮގު! ދަރިފުޅު މަރެއް ނުވޭ! ދަރިފުޅު ނައްތާލަން ނުވަތަ ވިއްކާލަން ކަލޭ ބުނީ! ބަލަ ކަލޭ ހީކުރީ އަހަރެމެން އަންހެނުން ނިކަމެތިވީމަ ބޭނުން ގޮތެއް ހަދައިލެވޭނެ ކަމަށްތަ؟ ފުލުހުން ގެނެސް ޑީއެންއޭ ޗެކްކޮށްލަންތަ! ނިދާފަ އެއޮތީ ތިއަބުނާ މަރުވި ދަރި! ބަލަ މަށޭ އެދަރި ގަތީ! ކަލޭމެން ބައެއް ފިރިހެނުންނަށް ހީވަނީ ތިމާމެންގެ އެކަނި ކަމަށް ބޮލެއް ހުންނާނީ! ބަލަ މިގެ މިހޯދީ މަ ގެއެއް ބޭނުންވެގެނެއް ނޫނޭ! ކަލޭ އެއްލާލަން ބޭނުންވި އެދަރިއަށޭ! 

ބަލަ ކަލޭގެ ރަޙުމްކުޑަކަމާ އަނިޔާވެރިކަމުން ދުނިޔެއިން ވަކިވެ ދިއައީ އަހަރެންގެ ދައްތައޭ. އަހަރެންނާ އިތުރު 2 އެކުވެރިން ދިއައީ ކަލެއަށް ފާރަލަމުންނޭ! އެއިރުވެސް ފަޅާ އަރުވާލެވެން އޮތޭ. އެކަން ނުކުރީ ހަމަ މިގެ ކޮއްކޮއަށް ހޯދައިދޭން ބޭނުންވާތީއޭ! 

މިހިސާބުން ކަލެއަށް އޮތީ 2 ފުރުޞަތެއް! ފުރަތަމަ ފުރުޞަތަކީ އަކީ އަހަރެން ވަރިކޮށްފަ މިގެއިން ނުކުމެގެން ދިއުން. ދެވަނަ ފުރުޞަތަކީ ފުލުހުންނާ ޙަވާލުވުން. މިހިސާބުން ފެށިގެންވެސް ރީތި ގޮތުގައި ކަންކަން ނިންމުމުގެ ފުރުޞަތުވެސް މިދިނީ!" 

ޒިދޫގެ ވާހަކަތަކަށް ދޭނެ ޖަވާބެއް އޭނާގެ އަތަކު ނެތެވެ. ވަރިކޮށްފައި ނުކުމެގެންދިއައީއެވެ. އަދި އޭނާ ބޭޒާރުނުކުރުން ޝަރުޠުކޮށް ދަރިފުޅަށް އައީ އެހީތެރިވަމުންނެވެ. ޒިދޫ ނިންމައިގެން ހުރީ ދަރިފުޅު ކިޔަވައި ނިމުމުން ކޯޓަށް ގޮސް ދަރިފުޅުގެ އަޞްލާއި އެއްގޮތަށް އުފަންދުވަހުގެ ސެޓުފިކެޓް ހައްދުވާށެވެ. ނަމަވެސް އެކަން ނުކުރެވިގެން އުޅެނިކޮށް ކެންސަރުބަލީގައި ކުއްޖާގެ ބައްޕަ މަރުވީއެވެ. 

ދައްތަގެ ފިރިމީހާއަށް ސިފައިން ޒިދޫ ވަކިކުރަން ނުއެނގުނީ ޒިދޫގެ ދައްތަ އާއި ކައިވެނިކޮށްގެން އުޅުނުއިރު ބައްދަލުވެފައިވާލެއް މަދުކަމުންނާއި އެއިރު ފަލަކޮށްހުރި ޒިދޫ ބޮޑުތަނުން ހިކިގެން ހުރުމުން ސިފައަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާތީއެވެ. 

ޒިދޫ މިއަދުނޫހުގެ ކިޔުންތެރިންނަށް ދޭން ބޭނުންވާ މެސެޖަކީ "މަކަރުވެރި ހިޔަޅުތަކާއި އަނިޔާވެރި މިނިކާވަގުތައް ޖަންގަލީގައި ވަރަށް ގިނަވެއްޖެއެވެ. ކިރިޔާވެސް ސަލާމަތްކަން އޮތީ އަހަރެމެން އަންހެނުން އެކަމަށް ހޭލުންތެރިވި ވަރަކުން ކަމަށެވެ. 

- މުއުމިނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން