ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމުގެ ޚަރަދުކުޑަކޮށްގެން މިއަހަރުގެ ދައުލަތުގެ ބަޖެޓުން 5 ބިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤް ވިދާޅުވެއްޖެއެވެ.
މާލީ ވަޒީރު ވިދާޅުވީ ޚަރަދުކުޑަކޮށް އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށާޢި އެގޮތުން ސަރުކާރު ހިއްސާވާ ކުންފުނީގެ ތެރޭގައި ހިމެނޭ 25 އަށްވުރެ ގިނަ ކުންފުނީގެ ފައިނޭންޝިއަލް ސްޓޭޓްމަންޓް ދާއިމީކޮށް މާލީ ވުޒާރާގެ ފަރާތުން ރިވިއުކުރަމުންދާކަމަށެވެ. އަދި ސަބްސިޑީދޭ މިންވަރު ކުޑަކުރެވޭތޯ މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. މިއަހަރު ތެރޭގައި އެ ކުންފުނިތަކަށް އިސްލާޙީ ހެޔޮ ބަދަލުތަކެއް ގެންނަވާނެކަމަށް މާލީ ވަޒީރު ވިދާޅުވިއެވެ.
މިވަގުތު ސަރުކާރު ހިއްސާވާ 32 ކުންފުންޏެއް އެބައޮތެވެ.