14 ރަށަކާއި 3 ފަޅެއްގައި ރިސޯޓު ތަރައްޤީކުރަން ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
ސަރުކާރުން ވަނީ މިއަހަރު ތެރޭގައި އައު ގިނަ ރިސޯޓްތަކެއް ތަރައްޤީކުރުމަށް އަމާޒު ކަނޑައާޅަފައެވެ. އެގޮތުން އަލަށް ހުޅުވާލި ތަންތަނުގެ ތެރޭގައި ހިމެނެނީ 11 އަތޮޅަކުން 14 ރަށަކަށާއި 3 ފަޅެކެވެ.
ފަތުރުވެރިކަމަށް ހުޅުވާލާފައިވާ ތަންތަނަކީ ހދ ވައިކަރަމުރައިދޫ (15 ހެކްޓަރު)، ށ ކުޑަޅައިމެންދޫ، ރ ދިއްކުރެއްދޫ، ޅ ދިއްފުށި، ޅ ވިހަފަރުފިނޮޅު، ކ ހިއްމިއްޔަ ފަޅު، ކ ފަޅެއް، އއ އަލިކޮއިރަށް، ވ ފަޅެއް، ތ ގާލީ، ތ ރުއްތިބިރަށް، ތ ކަނިމީދޫ، ލ ކަށިދޫ، ލ ހަންހުށި، ގއ ބޭރުމައުޑޫ އަދި ގދ ކަޅެހުއްޓާ އެވެ.
މިރަށްރަށަށް ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޕްރޮޕޯސަލްއާ އެކު ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމް އެ ވުޒާރާގެ ވެބްސައިޓް ލިބެން ހުންނާނެއެވެ.