"ހާލު ކިހެނެއް؟" ގެ ނަމުގައި ރައްޔިތުންގެ ހާލުބެލުމަށް ޕްރޮގްރާމެއް ފަށައިފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 58ސ
"ހާލު ކިހެނެއް؟" ގެ ނަމުގައި ރައްޔިތުންގެ ހާލުބެލުމަށް ޕްރޮގްރާމެއް ފަށައިފި

"ހާލު ކިހެނެއް؟" ގެ ނަމުގައި ރައްޔިތުންގެ ހާލުބެލުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ޕްރޮގްރާމެއް ފަށައިފިއެވެ.

"ހާލު ކިހިނެތް" ޕްރޮގްރާމްގެ މަޢުލޫމާތު ޙިއްސާކުރައްވަމުން އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ.އައިޝަތު ޝިހާމް ވިދާޅުވީ ދަޢުލަތުގެ އަޅާލުމާ އޯގާތެރިކަން އެކި ގޮތްގޮތުން ބޭނުންވާ މީހުން މުޖުތަމަޢުގައި އެބަތިބިކަމަށެވެ. މި ޕްރޮގްރާމްގެ މަޤުޞަދަކަށްވަނީ ރައްޔިތުންގެ ގާތަށް ގޮސް، ހާލު ބަލާ، މުޖުތަމަޢުގައި ނާޒުކު ފައްތަރެއްގައި ތިބި އާއިލާތަކާ މީހުން ދެނެގަނެ، ދަޢުލަތުން އެމީހުންނަށް ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުންކަމަށެވެ.

ވަޒީރު ވަނީ މި ޕްރޮގްރާމް ކުރިއަށްގެންދިއުމުގައި، ބޭނުންވާ މަޢުލޫމާތު އެއްކުރަން މުޖުތަމަޢުގެ ފުރިހަމަ އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފައެވެ. އަދި ޢާއިލާތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު އެއްކުރުމަށް ސަރުކާރާއެކު ޖަމުޢިއްޔާ ޖަމާޢަތްތަކުންވެސް ބައިވެރިވުމަށް އެދިވަޑައިގަތެވެ.

"ހާލު ކިހެނެއް؟" ގެ ނަމުގައި މުޅި ރާއްޖޭގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ މި ޕްރޮގްރާމް ފެށީ، ހިޔާ ފްލެޓް ސަރަޙައްދުންނެވެ.

 

މިއަދު އޮންލައިން