އަންނަ ޖުލައި މަހުގެ 20 ވަނަ ދުވަހު 10 ބައި-އިލެކްޝަނެއް ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ.
މިކަމާގުޅިގެން އިލެކްޝަނުން ބުނެފައިވަނީ ންނަ ޖުލައި މަހުގެ 20 ވަނަ ދުވަހު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ 2 ކޮމިޓީއެއްގެ ބައި-އިލެކްޝަން ބާއްވަން ނިންމާފައިވާ ކަމަށެވެ. މިއީ ޅ. ހިންނަވަރާއި ފ. ބިލެތްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރަން ބާއްވާ ބައި-އިލެކްޝަންތަކެއްކަމަށް އެކޮމިޝަނުން ވިދާޅުވިއެވެ. މީގެ އިތުރުން ޖުލައި މަހުގެ 20 ވަނަ ދުވަހު އިތުރު 8 ބައި-އިލެކްޝަނެއް އޮންނާނެއެވެ.
ޖުލައި 20ގައި އޮންނަ ބައި-އިލެކްޝަންތަކުގައި ވާދަކުރަން ބޭނުންވާ މީހުންނަށް ކެންޑިޑެންސީ ފޯމު ހުށައެޅުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ވަނީ މިހާރު ހުޅުވާލާފައެވެ.