ގުރުއާން ހިތުދަސްކުރާ ފަރާތްތަކަށް އިތުރު އިމްތިޚާނަކާނުލާ އައިޔޫއެމްއިން ހާފިޒުކަމުގެ ސަނަދު ދޭވޭގޮތަށް އުސޫލުތައް ބަދަލުކޮށްފިއެވެ.
މީގެކުރިން އޮންނަ ގޮތުން އައިޔޫއެމްއިން ގުރުއާން ހިތުދަސްކުރާ ފަރާތްތައްވެސް ސަނަދު ހާސިލުކުރުމަށް އިތުރު އިމްތިހާންތައް ހަދަންޖެހެއެވެ. ނަމަވެސް އުސޫލަށް މިހާރު ގެނެސްފައިވާ ބަދަލާއެކު އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް، އައިޔޫއެމްއިން ގުރުއާން ހިތުދަސްކުރާ ފަރާތްތަކަށް އިތުރު އިމްތިޚާނެއް ހެދުމަކާއި ނުލައި ހާފިޒުކަމުގެ ސަނަދު ލިބޭނެއެވެ.
މިކަމާގުޅިގެން އިސްލާމިކް މިނިސްޓްރީން ބުނެފައިިވަނީ ޙާފިޡުން އިމްތިޙާނު ކުރުމުގެ އުސޫލުތަކަށް ބަދަލުތަކެއް ގެނެސްފައިވާކަމަށާއި މި ބަދަލު ގެނެސްފައިވަނީ ޙާފިޡުން އިމްތިޙާނު ކުރުމުގެ އުސޫލަށްކަމަށެވެ.
ޙާފިޡުން އިމްތިޙާނު ކުރުމަކީ ޙާފިޡުކަމުގެ އިމްތިޙާނު ކުރުމާއި، ޙާފިޡުކަމުގެ ސަނަދު ދިނުމާއި، ޙާފިޡުންނަށް ދައުލަތުން ތަޢާރުފާއި ނަން ޢިނާޔަތްތައް ދިނުމާއި، ޙާފިޡުންގެ ދަފުތަރު ބެލެހެއްޓުމުގެ މަސައްކަތް ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ މެންޑޭޓުގައި ހިމެނިފައިވާ މަސައްކަތެއްކަމަށާއި މި އުސޫލަކީ އެ މަސައްކަތް ކުރިޔަށް ގެންދިއުމުގައި ޢަމަލުކުރާނެ ގޮތް ބަޔާންކުރުމަށް އެކުލަވާލާފައިވާ އުސޫލެއްކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.