މިއަހަރުގެ ފުރަތަމަ 4 މަސްދުވަހު ރާއްޖެއަށް ދަތުރުކުރި ބައިނަލްއަޤްވާމީ އެއަރލައިންތަކުގެ އަދަދު އިތުރުވެއްޖެއެވެ.
އެމްއެމްއޭއިން އާންމުކޮށްފައިވާ މަންތްލީ ސްޓެޓިސްޓިކް ރިޕޯޓްގައިވަނީ މިދިޔަ އަހަރުގެ ފުރަތަމަ 4 މަސްދުވަހާ އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ 4 މަސްދުވަހު ރާއްޖެއަށް ދަތުރުކުރި ބައިނަލްއަޤްވާމީ އެއަރލައިންތަކުގެ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ 4 މަސްދުވަހު ޝެޑިއުލްކޮށްގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ކޮށްފައިވަނީ 5982 ދަތުރެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި ޝެޑިއުލް ފްލައިޓް މޫމަންޓްސް އުޅުނީ 5841 ގައިކަމަށް ރިޕޯޓުން ދައްކައެވެ.
މިއަހަރުގެ ފުރަތަމަ 4 މަސްދުވަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދުވެސް ވަނީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު އިތުރުވެފައެވެ.