2.5 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓްސް އެވޯޑްކޮށްފައިވާކަމަށް މާލީ ވަޒީރު ވިދާޅުވެއްޖެ

އަހުމަދު
ކިޔުމަށް ހޭދަވާނީ 47ސ
2.5 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓްސް އެވޯޑްކޮށްފައިވާކަމަށް މާލީ ވަޒީރު ވިދާޅުވެއްޖެ

މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު 2.5 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓްސް އެވޯޑްކޮށްފައިވާކަމަށް މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤް ވިދާޅުވެއްޖެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މާލީ ވަޒީރު ވިދާޅުވީ، މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު އެކަނިވެސް 2.5 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓް އެވޯޑްކޮށްފައިވާކަމަށާއި މީގެތެރޭގައި ޚާއްސަކޮށް ހެލްތު ސެކްޓަރއަށް އޭގެ %20 ދެވިފައިވާކަމަށެވެ.

ވަޒީރު ވިދާޅުވީ، ޕޭ ހާމަނައިޒް ކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއްކަމަށާއި ކުރިންވެސް ޕްލޭންކުރެވިފައިވާގޮތަށް މިއަހަރުގެ ތެރެގައި 2 މުއައްސަސާއެއްގެ ޕޭ ހާމަނައިޒްކުރެވިފައިވާކަމަށެވެ. މިހާރު ޖުމްލަކޮށް %46 ވަނީ ޕޭ ހާމަނައިޒްކުރެވިފައިކަން ވަޒީރު ވިދާޅުވިއެވެ.

އައިއެމްއެފް، ވޯލްޑް ބޭންކް، އޭޑީބީ ފަދަ މުއައްސަސާތަކާއި ގާތް ގުޅުމެއް ބާއްވައި އެފަރާތްތަކުން ދޭ އިރުޝާދު ބަލައި ލަފާ ހޯދައި ކަންކަން ބައްޓަންކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. 

މިއަދު އޮންލައިން