ހިންގުން ހަރުދަނާ ކުރުމަށް ދައުލަތުގެ ކުންފުނިތަކަށް އެވޯޑްދެނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
ހިންގުން ހަރުދަނާ ކުރުމަށް ދައުލަތުގެ ކުންފުނިތަކަށް އެވޯޑްދެނީ!

ހިންގުން ހަރުދަނާ ކުރުމަށް ދައުލަތުގެ ކުންފުނިތަކަށް އެވޯޑްދިނުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ނިންމައިފިއެވެ.

މިކަމާގުޅިގެން ޕީސީބީ އިން ބުނެފައިވަނީ މިއެވޯޑު ދިނުމުގެ ބޭނުމަކީ ދައުލަތުގެ ހުރިހާ ކުންފުނިތަކަކީ ކޯޑް އޮފް ކޯޕަރޭޓް ގަވަރނަންސްގެ އުސޫލުތަކަށް ފުރިހަމައަށް އަމަލުކުރާ ކުންފުނިތަކަކަށްވުމަށް ބާރުއަޅައި، ހިތްވަރު ދިނުމާއި، ކޯޑް އޮފް ކޯޕަރޭޓް ގަވަނަންސަށް އަމަލުކުރާ ކުންފުނިތަކާއި، ކުންފުނިތަކާ ގުޅުންހުރި ފަރާތްތަކުގެ އަގުވަޒަންކުރުން ކަމަށެވެ.

5 ދާއިރާއަކުން އެވޯޑު ދިނުމުށް ހަމަޖެހިފައިވާއިރު އޭގެތެރޭގައި ހިމެނެނީ އެކްސެލެންސް އިން ގަވަރނަންސް، އައުޓް ސްޓޭންޑިންގ ޕްރޮގްރެސް، އައުޓްސްޓޭންޑިންގ ބޯޑް ޗެއަރމަން، އައުޓްސްޓޭންޑިންގ މެނޭޖިންގ ޑިރެކްޓަރ އަދި އައުޓްސްޓޭންޑިންގ ކޮމްޕެނީ ސެކްރެޓަރީއެވެ.

މިއެވޯޑްތަކަށް ނޮމިނޭޓްވާނީ ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން "ކޯޑް އޮފް ކޯޕަރޭޓް ގަވަރނަންސް ފޮރ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް" އަށް ޢަމަލުކުރަންޖެހޭ ސީއެމްޑީއޭގައި ލިސްޓްކޮށްފައި ނުވާ، ދައުލަތް ހިއްސާވާ ކުންފުނިތައް ކަމަށާއި ކުންފުނީގެ އަހަރީ ރިޕޯޓު އާންމުކޮށްފައިނުވާ އަދި ކުންފުނީގެ އަހަރީ އާންމު ޖަލްސާ ބާއްވާފައި ނުވާ ކުންފުނިތަކާއި ޕީސީބީން އިސްލާހީ ފިޔަވަޅެއް އަޅާފައިވާ ފަރާތްތައް މި އެވޯޑުތަކަށް ނޮމިނޭޓު ޕީސީބީން ވަނީ ބުނެފައެވެ.

މިއަދު އޮންލައިން