ހިޔަލަ މާކެޓުގެ ކިއޮސްކުތައް ކުއްޔަށް ހިފުމުގެ ފުރުސަތު ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 47ސ
ހިޔަލަ މާކެޓުގެ ކިއޮސްކުތައް ކުއްޔަށް ހިފުމުގެ ފުރުސަތު ހުޅުވާލައިފި

ހިޔަލަ މާކެޓުގެ ކިއޮސްކުތައް 1 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން ހުޅުވާލައިފިއެވެ.

މިކަމާގުޅިގެން ބީސީސީން ބުނެފައިވަނީ ހިޔަލަ މާކެޓުގެ ކިއޮސްކުތައް ކުއްޔަށް ހިފުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު 9 ޖޫން 2024 ވާ އާދިއްތަ ދުވަހުގެ 16:00ގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ.

ހުޅުމާލޭ ކޮންޓެއިނާ ޕާކު ސަރަހައްދުގައި "ހިޔަލަ ވީކެންޑް މާކެޓު"ގެ ނަމުގައި ޤާއިމުކޮށްފައިވާ ސަރަހައްދަށް ލިބެމުންދާ ތަރުޙީބަށް ބަލައި، މި ސަރަހައްދުގެ ނަން ހިޔަލަ މާކެޓަށް ބަދަލުކޮށް، މި ސަރަހައްދަކީ ވިޔަފާރީގެ ބޭނުމަށް ކޮންމެ ދުވަހަކުވެސް ހުޅުވާ ތަނެއްގެ ގޮތުގައި ބީސީސީން މިހާރު ވަނީ ހަމަޖައްސާފައެވެ.

މި ބަދަލާއެކު، ކިއޮސްކުތައް މެދުވެރިކޮށް ދިވެހި އަންހެން ވިޔަފާރިވެރިންނަށް ވިޔަފާރި ކުރުމުގެ އިތުރު ފުރުސަތުތައް ފަހިވެ، ވިޔަފާރިތައް އިތުރު ހަރުފަތަކަށް ގެންދިޔުމަށް ވަރަށް ބޮޑު ބާރަކަށް ވެގެންދާނެކަމަށް ބީސީސީން ވަނީ ބުނެފައެވެ.

މިއަދު އޮންލައިން