ބިދޭސީމަސައްކަތްތެރިންގެ ފީއާއި ޖޫރިމަނާ ނުދައްކާ ފަރާތްތަކަށް މި މަހުގެ 18 ވަނަ ދުވަހާ ހަމައަށް އެ ފައިސާ ދައްކާ ޚަލާސްކުރުމަށް ދާޚިލީ ސަލާމަތާބެހޭ ވުޒާރާއިން އަންގައިފިއެވެ.
މިކަމަގުޅިގެން ދާޚިލީ ސަލާމަތާބެހޭ ވުޒާރާއިން ބުނެފަިއވަނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާ ގުޅިގެން ދޫކުރާ ހުއްދަތަކަށް ދައްކަން ޖެހޭ ފީތަކާއި ޖޫރިމަނާތައް 10619 ފަރާތަކުން ނުދައްކާ އެބައޮތް ކަމަށާޢި އެ ފަރާތްތަކުގެ ނަންމަތީގައި ރަޖިސްޓްރީކޮށްފައިވާ 102807 ބިދޭސީ މަސައްކަތްތެރިންގެ ފީގެ ގޮތުގައި ދައުލަތަށް ދައްކަން ޖެހޭކަމަށް ބެލެވޭ (1،765،704،400) 1.7 ބިލިއަން ރުފިޔާ ނުދައްކާ އެބައޮތްކަމަށް ވުޒާރާއިން ވިދާޅުވެއެވެ. އެހެންކަމުން މަސައްކަތްތެރިންގެ ފީއާއި ޖޫރިމަނާ ނުދައްކާ ފަރާތްތަކަށް މި މަހުގެ 18 ވަނަ ދުވަހާ ހަމައަށް އެ ފައިސާ ދައްކާ ޚަލާސްކުރުމަށް ދާޚިލީ ސަލާމަތާބެހޭ ވުޒާރާއިން ވަނީ އަންގަވާފައެވެ.
މިމުއްދަތުގެ ނިޔަލަށް ފީއާއި ޖޫރިމަނާ ނުދައްކާ ފަރާތްތައް އާންމުކޮށް އިއުލާން ކޮށް މީގެ އިތުރުން މި މަހުގެ 18 ވަނަ ދުވަހާ ހަމައަށް ފީއާއި ޖޫރިމަނާ ނުދައްކާ ފަރާތްތައް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ސަސްޕެންޑުކޮށް، އައު ހުއްދަތައް ދޫކުރުން މެދުކަނޑާލާނެ ކަމަށްވެސް ދާޚިލީ ސަލާމަތާބެހޭ ވުޒާރާއިން ވަނީ ވިދާޅުވެއެވެ.