އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ގުދުރަތީ ވެށި ގެންގޮސްދިނުމަށް، ގަސް އިންދުމުގެ ޕްރޮގްރާމްގައި ހުރިހާ ރައްޔިތުން ބައިވެރިވުމަށް ވަޒީރު ވަނީ އެދިވަޑައިގެންފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 1ސ
އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ގުދުރަތީ ވެށި ގެންގޮސްދިނުމަށް، ގަސް އިންދުމުގެ ޕްރޮގްރާމްގައި ހުރިހާ ރައްޔިތުން ބައިވެރިވުމަށް ވަޒީރު ވަނީ އެދިވަޑައިގެންފި

އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ގުދުރަތީ ވެށި ގެންގޮސްދިނުމަށް، ގަސް އިންދުމުގެ ޕްރޮގްރާމްގައި ހުރިހާ ރައްޔިތުން ބައިވެރިވުމަށް ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާޙިމް އެދިވަޑައިގެންފިއެވެ.

ތިމާވެއްޓާ ބެހޭ ވަޒީރު މިކަމަށް އެދިވަޑައިގަތީ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގޮތުން ރާއްޖޭގައި 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

ވަޒީރު ޠާރިޤް ވިދާޅުވީ މި މަސައްކަތުގައި ވުޒާރާތަކާއި ކުންފުނިތައް، ކައުންސިލްތައް، ރިސޯޓްތައް އަދި އަމިއްލަ ޖަމިއްޔާތަކާ ފަރުދުންވެސް ބައިވެރިވުމަށް އެދިވަޑައިގަންނަވާ ކަމަށާއި މި ޕްރޮގްރާމަކީ އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ގުދުރަތީ ވެށި ގެންގޮސްދިނުމަށް، ކޮންމެ މީހަކުވެސް އަދާކުރަންޖެހޭ ޒިންމާއެއްކަމަށެވެ.

"ތަރައްޤީގެ މަޝްރޫޢުތައް ހިންގާ ސަރަޙައްދުތަކުގައި ގަސް އިންދާ ފެހިކުރުމަށް އިސްކަން ދޭނަން. ރަށްރަށުގައި ހިއްކާ، މީހުން އާބާދުވާ ބިންތައް ފެހިކުރުމަށް މި ޕްރޮގްރާމުން އެހީވާނަން. ހަނަފަސްކަން ނައްތާލާ، ހިތްފަސޭވަ ވެއްޓެއް ހޯދައިދޭނަން." ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާޙިމް ވިދާޅުވިއެވެ.

މިއަދު އޮންލައިން