ރާއްޖެއަަކީ އިންޑިއާގެ އަވަށްޓެރިއެއްގެ އިތުރުން، ވަރަށް ގާތް ގުޅުމެއް ބާއްވާ ޤައުމެއް: މޯދީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 8ސ
ރާއްޖެއަަކީ އިންޑިއާގެ އަވަށްޓެރިއެއްގެ އިތުރުން، ވަރަށް ގާތް ގުޅުމެއް ބާއްވާ ޤައުމެއް: މޯދީ

ރާއްޖެއަަކީ އިންޑިއާގެ އަވަށްޓެރިއެއްގެ އިތުރުން، ވަރަށް ގާތް ގުޅުމެއް ބާއްވާ ޤައުމެއް ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ބޮޑުވަޒީރު މިހެން ވިދާޅުވީ އިންޑިއާގެ އާއްމު އިންތިހާބުގައި އެމަނިކުފާނު ނިސްބަތްވާ ކޯލިޝަނަށް ލިބިވަޑައިގެންނެވި ކާމިޔާބީއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ތަހުނިޔާގެ މެސެޖާއި ގުޅިގެނެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖާއި ގުޅިގެން މޯދީ ވަނީ އެމަނިކުފާނަށް ޝުކުރު ދަންނަވާފައެވެ. މޯދީ ވިދާޅުވީ ރާއްޖެއަަކީ އިންޑިއާގެ އަވަށްޓެރިއެއްގެ އިތުރުން، ވަރަށް ގާތް ގުޅުމެއް ބާއްވާ ޤައުމެއްކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ދެ ޤައުމުގެ ގުޅުންތައް އިތުރަށް ވަރުގަދަކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް އުއްމީދުކުރައްވާކަމަށްވެސް މޯދީ ވިދާޅުވިއެވެ.

މިއަދު އޮންލައިން