އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ޒުވާނުންގެ ކުރިމަގު އަލުން ބައްޓަންކުރާނެވަރުގެ ބޮޑެތި ބަދަލުތަކެއް ގެންނާނެ މަސައްކަތްތަކެއް: މިނިސްޓަރ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ޒުވާނުންގެ ކުރިމަގު އަލުން ބައްޓަންކުރާނެވަރުގެ ބޮޑެތި ބަދަލުތަކެއް ގެންނާނެ މަސައްކަތްތަކެއް: މިނިސްޓަރ

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނުވަތަ އެން.އޭ.ޕީ އަކީ ރާއްޖޭގެ ޒުވާނުންގެ ކުރިމަގު އަލުން ބައްޓަންކުރާނެވަރުގެ ބޮޑެތި ބަދަލުތަކެއް ގެންނާނެ މަސައްކަތްތަކެއްކަަމަށް ޔޫތު މިނިސްޓަރ އިބްރާހިމް ވަހީދު (އަސްވާޑް) ވިދާޅުވެއްޖެއެވެ.

ސަރުކާރުން މެރިއަޓް އިންޓަރނޭޝަނަލްއާއި ގުޅިގެން ފަށާފައިވާ ގައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމާއި ގުޅޭގޮތުން އެ މަސައްކަތްތައް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނުވަތަ އެން.އޭ.ޕީ އަކީ ރާއްޖޭގެ ޒުވާނުންގެ ކުރިމަގު އަލުން ބައްޓަންކުރާނެވަރުގެ ބޮޑެތި ބަދަލުތަކެއް ގެންނާނެ މަސައްކަތްތަކެއްކަމަށެވެ.

ޒުވާނުން ކުރިއަރާދާން ބޭނުންވާ ދާއިރާތަކުުން އަސާސީ ހުނަރުތައް އެޕްރެންޓިސްޝިޕް ޕްރޮގުރާމުން ދަސްކޮށްދޭނެ ކަމަށެވެ. އަދި މި ޕްރޮގުރާމުން ޤައުމު ޤަބޫލުކުރާ ވަރުގެ ޒުވާނުންތަކެއް އުފެއްދޭނެކަމަށާއި އެ ކުދިންގެ ކުރިމަގުގެ ބިންގާ އަޅާދޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކުރިއަށް އޮތް 10 މަސް ދުވަހުގެ ތެރޭގައި ދެވަނަ ބެޗުގެ ދަރިވަރުންނަށް ޢަމަލީ ސެޝަންތަކެއްގެ އިތުރުން ތިއަރީ ސެޝަންތަކެއްވެސް ނަގައިދޭނެ ކަމަށެވެ. އަދި މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ ޤަބޫލުކުރާ ފެންވަރުގެ ލެވެލް 3ގެ ސެޓްފިކެޓެއް ތަމްރީން ފުރިހަމަކުރާ ޒުވާނުންނަށް ލިބޭނެކަމަށެވެ.

މެރިއޮޓް އިންޓަނޭޝަނަލްއާއި ޒުވާނުން ބާރުވެރިކުރުވުމާ ބެހޭ ވުޒާރާއާ ގުޅިގެން ކުރިއަށްގެންދާ އެޕްރެންޓިސްޝިޕް ޕްރޮގުރާމުގެ ދެވަނަ ބެޗުގެ ތަމްރީންތައް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފެވެ.

މިއަދު އޮންލައިން