ގަސް ބަލަހައްޓަށް ޚާއްސަ ޔުނިޓެއް ޤާއިމްކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
ގަސް ބަލަހައްޓަށް ޚާއްސަ ޔުނިޓެއް ޤާއިމްކުރަނީ

5 މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމްގެ ދަށުން ހައްދާ ގަސްތައް ބެލެހެއްޓުމުގެ މަސައްކަތަށް ތިމާވެށްޓާބެހޭ ވުޒާރާގައި ޚާއްސަ ޔުނިޓެއް ޤާއިމްކުރަން ނިންމައިފިއެވެ.

މިކަމާގުޅިގެން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވީ  5 މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމް މިދިޔަ ބުދަ ދުވަހު ފަށާފައިވާއިރު އެ ގަސްތައް ބެލެހެއްޓުމަކީވެސް ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެގޮތުން މި ޕްރޮގުރާމްގެ ދަށުން ހައްދާ ގަސްތައް ކުރިއަށް އޮތް 5 އަހަރު ދުވަހު ރަނގަޅަށް ބަލަހައްޓަންޖެހޭކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ގަސްތައް ބެލެހެއްޓުމުގެ މަސައްކަތަށް ތިމާވެށްޓާބެހޭ ވުޒާރާގައި ޚާއްސަ ޔުނިޓެއް ޤާއިމްކުރަން މިހާރު ނިންމަވާފައިވާކަމަށެވެ.

"އަޅުގަނޑުމެން އެބަޖެހޭ ގަސްތައް ރަނގަޅަށް ބަލަހައްޓައި، ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި ގަސްތައް ހެދެނީ ކިހިނެއްތޯ، ގަހަށް ޖެހެނީ ކޮންކަހަލަ ބައްޔެއްތޯ ގަހަށް ދިމާވާ ކަންތައްތައް ބަލަން. މިކަމަށް އެންމެންވެސް އަހުލުވެރިވާންޖެހޭ." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު މިހެން ވިދާޅުވީ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްުޔާތެއް ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުންނެވެ.

މިއަދު އޮންލައިން