ރާއްޖޭގައި މުޅިން އަލަށް މެރިކަލްޗަރ އިންޑަސްޓްރީއެއް ޤާއިމްކުރަނީ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
ރާއްޖޭގައި މުޅިން އަލަށް މެރިކަލްޗަރ އިންޑަސްޓްރީއެއް ޤާއިމްކުރަނީ!

ރާއްޖޭގައި މުޅިން އަލަށް މެރިކަލްޗަރ އިންޑަސްޓްރީއެއް ޤާއިމްކުރުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި މިވަގުތު ކުރެވެމުންދާކަމަށް ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްތަލިބު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން މުއްތަލިބު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅާއި އެއްގޮތަށް ރާއްޖޭގައި މުޅިން އަލަށް މެރިކަލްޗަރ އިންޑަސްޓްރީއެއް ޤާއިމްކުރުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި މިވަގުތު ކުރެވެމުންދާކަމަށާޢި އެ ވުޒާރާގެ ފަރާތުން ރާއްޖޭގެ 3 ސަރަހައްދަކުން މެރިކަލްޗަރ ޒޯން ކަނޑައަޅައި އެ ޒޯނަށް އިންވެސްޓަރުން ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

"އަޅުގަނޑު ފާހަގަކޮށްލަންބޭނުން މިވަގުތުވެސް ރާއްޖޭގެ ކަނޑުގެ ވަސީލަތްތަކުގެ ބޭނުންހިފުމަށްޓަކައި އެކި ފަރާތްތަކުން އައިއްސަ ހުންނަ ޕްރޮޕޯސަލްތަކަށްވެސް އަޅުގަނޑުމެން ފުރުސަތުދެން. އެގޮތުން ސީވީޑް ކަލްޗަރ ކުރުމަށްޓަކައި އަޅުގަނޑުމެން ވަނީ ހުއްދަ ދީފައި ބަޔަކާއި. އެބޭފުޅުން ޓްރަޔަލް ޕްރޮގްރާމެއްގެ ގޮތުގައި އެ ޕްރޮގްރާމްގެ ސަކްސަސްއަށް ބަލައި އިތުރަށް އަޅުގަނޑުމެން އެކަން ފުޅާކުރުމަށްޓަކައި ފުރުސަތު ދޭނަން." މުއްތަލިބު ވިދާޅުވިއެވެ.

 

 

 

މިއަދު އޮންލައިން