ރާއްޖޭގައިވެސް ޙައްޖު މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ ކަމަށް ހަމަޖައްސަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 38ސ
ރާއްޖޭގައިވެސް ޙައްޖު މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ ކަމަށް ހަމަޖައްސަވައިފި

ރާއްޖޭގައިވެސް ޙައްޖު މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ ކަމަށް ހަމަޖައްސަވައިފިއެވެ.  

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ ބަޔާން: 

ސައޫދީ އަރަބިއްޔާއަށް 1445 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ ހަނދު ފެނިފައިވުމާއެކު، ދިވެހިރާއްޖޭގައި ހަނދު ސާބިތު ކުރުމުގެ އުޞޫލަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގައި ވެސް 1445 ވަނަ އަހަރުގެ ޙައްޖު މަހުގެ 1 ވަނަ ދުވަހަކީ 7 ޖޫން، 2024 ވާ ހުކުރު ދުވަސްކަމަށާއި، ޢަރަފާތު ދުވަހަކީ 15 ޖޫން 2024 ވާ ހޮނިހިރު ދުވަސްކަމަށާއި އަދި އަޟްޙާ ޢީދު ދުވަހަކީ 16 ޖޫން 2024 ވާ އާދިއްތަ ދުވަސްކަމުގައި ކަނޑައަޅައިފީމެވެ.

6 ޖޫން 2024

ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު

 

މިއަދު އޮންލައިން