ރާއްޖެއާއި ލަންކާގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަޝްވަރާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 42ސ
ރާއްޖެއާއި ލަންކާގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަޝްވަރާކޮށްފި

ރާއްޖެއާި ލަންކާގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަޝްވަރާކުރައްވައިފިއެވެ.

ރާއްޖޭގެ ޚާރިޖީ ވަޒީރު ސްރީ ލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޮޑުވަޒީރު ދިނޭޝް ގުނަވަރްދަނައާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ދެޤައުމުގެ ދެމެދު އޮތް ޒަމާންވީ އެކުވެރިކަމުގެ ގުޅުން ދަމަހައްޓާ އެގުޅުން އިތުރަށް ބަދަހިކުރައްވާނެ ކަމުގެ ޔަޤީންކަން ދެ ބޭފުޅުންވެސްވަނީ ދެއްވާފައެވެ. 

މި ބައްދަލުވުމުގައި ސްރީ ލަންކާއިން ދެއްވަމުން ގެންދަވާ އެހީއަށް ރާއްޖޭގެ ޚާރިޖީ ވަޒީރުވަނީ ޝުކުރު އަދާކުރައްވާފައެވެ.

ޚާރިޖީ ވަޒީރުގެ ސްރީ ލަންކާއަށް ކުރައްވަމުން ގެންދަވާ މިދަތުރުފުޅުގައި ބޮޑުވަޒީރު ދިނޭޝް ގުނަވަރްދަނާގެ އިތުރުން ސްރީ ލަންކާގެ ރައީސް، ރަނިލް ވިކްރަމަސިންގްހައާވެސްވަނީ ބައްދަލުކުރައްވާފައެވެ.

މިއަދު އޮންލައިން