ޖެއްސުންކުރުމަށް ކޮންމެ ދުވަހަކު ކުއްލި މައްސަލަތައް ހުށަހަޅާނަމަ ދެވަނަ ވިސްނުމަކަށް ދާން ޖެހޭނެ ކަމަށް ވިހިވަނަ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޓީވީއެމްގެ ހޭޔަމްބޯ ޕްރޮގްރާމަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ޢަބްދުއްރަޙީމް ވިދާޅުވީ މަޖިލީހަށް ޖެއްސުންކޮށް، މަސައްކަތްތައް ހުއްޓުވުމުގެ މަގުސަދުގައި ކޮންމެ ދުވަހަކު ކުއްލި މައްސަލަތައް ހުށަހަޅާނަމަ ދެވަނަ ވިސްނުމަކަށް ޕީއެންސީގެ ޕީޖީން ދާން ޖެހޭނެ ކަމަށާއި އެގޮތަށް ކަންކަންކުރުމަކީ ޒިންމާދާރުކަން ކުޑަކަމެއްކަމަށެވެ.
މިގެއިތުރުން ޢަބްދުއްރަޙީމް ވިދާޅުވީ ކުރީ ދައުރުތަކުގައި ރައްޔިތުންގެ ކުރިމަތީގައި މަޖިލީހުގެ އަގުއޮތީ ވެއްޓިފައި ކަމަށާއި އެހެންވެ މަޖިލީހަށް ރައްޔިތުން ކުރާ އިތުބާރު އަލުން ހޯދަން ޖެހޭ އިރު 20 ވަނަ މަޖިލީހަކީ ރައްޔިތުންގެ ހެވާއި ލާބަޔަށް މަސައްކަތް ކުރާ މަޖިލީހަކަށް ހަދައި އެ އިތުބާރު އަލުން ހޯއްދަވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.