ޑރ.ޝަހީމާއި ޑރ.ޙައިދަރު އަދި އުޝާމަށް މަޖިލީހުން ރުހުން ދީފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 49ސ
ޑރ.ޝަހީމާއި ޑރ.ޙައިދަރު އަދި އުޝާމަށް މަޖިލީހުން ރުހުން ދީފި

ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންގެ ތެރެއިން މިހާތަނަށް ރުހުން ނުލިބޭ ތިން ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިނުވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، ބަންޑާރަނާއިބު އަހުމަދު އުޝާމް އަދި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށެވެ.

މިއަދުގެ ޖަލްސާގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ރުހުން ދިނުމަށް 83 މެންބަރުން ވޯޓު ދެއްވާފައިވާއިރު ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށް ރުހުން އޮތްކަމަށް 81 މެންބަރުން ވޯޓު ދީފައިވެއެވެ. އަދި ބަންޑާރަނާއިބު އަހުމަދު އުޝާމަށް ރުހުން ދިނުމަށް މަޖިލީހުގެ 87 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ. 

19 ވަނަ މަޖިލީހުން އެ ތިން ބޭފުޅުންނަށް ރުހުން ނުދިނުމުން ރައީސް މުޢިއްޒު ވަނީ އެބޭފުޅުން ހަމަ އެ މަގާމުތަކަށް އަލުން އައްޔަން ކުރައްވައި މަޖިލީހުގެ ރުހުން ހޯދުމަށް ދެވަނަ ފަހަރަށް ފޮނުއްވާފައެވެ.

 

މިއަދު އޮންލައިން